ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 18:09
ފީފާ ބެސްޓް އެވޯޑް: ދުނިޔޭގެ އެންމެ މޮޅު ކޯޗު ލެސްޓާ ސިޓީގެ ކޯޗް ކްލައުޑިއޭ ރަނިއޭރީ-ފޮޓޯ: ދަ ސަން
ފީފާ ބެސްޓް އެވޯޑް: ދުނިޔޭގެ އެންމެ މޮޅު ކޯޗު ލެސްޓާ ސިޓީގެ ކޯޗް ކްލައުޑިއޭ ރަނިއޭރީ-ފޮޓޯ: ދަ ސަން
ގޫގުލް
ފީފާ
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
ފީފާގެ މޮޅު ކޯޗަކަށް ހޮވުނީ ލެސްޓާގެ ކޯޗު ރަނިއޭރީ

ފީފާއިން މުޅިން އަލަށް ދޭ ފީފާ "ދަ ބެސްޓް އެވޯޑް" އެވޯޑްގައި ދުނިޔޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް އިނގިރޭސި ޕްރިމިއާ ލިގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ ކޯޗް އިޓަލީގެ ކްލައުޑިއޭ ރަނިއޭރީ ހޯދައިފި އެވެ.

 

ރަނިއޭރީ މި އެވޯޑް ހޯދީ ޕޯޗްގަލް އަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށް ދިން ފެނާންޑޯ ސަންޓޯސް އާއި ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިން ޒައިނުއްދީން ޒިދާންއާ ވާދަ ކޮށްގެންނެވެ.

 

ރަނިއޭރީ ވަނީ އާދައިގެ ޓީމަކާއެކު ނިކުމެ ދުނިޔޭގެ އެންމެ ވާދަވެރި ލީގްގެ ޗެމްޕިއަންކަން ލެސްޓާ އަށް ހޯދައިދީ ދުނިޔެ ހައިރާން ކޮށްލާފަ އެވެ. ލެސްޓާ ލީގު ހޯދީ 10 ޕޮއިންޓްގެ ލީޑާކާ އެކު އެވެ.

 

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާގެ އަތުން އެވޯޑް ހޯދުމަށް ފަހު ރަނިއޭރީ ބުނީ މިއީ ގަބޫލުކުރަން ދަތި ކާމިޔާބެއް ކަމަށެވެ.

 

ކުރީ ސީޒަނުގައި ރެލިގޭޝަން ޒޯނުގައި އޮތް ލެސްޓާ އަށް ރަނިއޭރީ ލީގު ކާމިޔާބުކޮށްދިނީ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ނެތި އެވެ.

- ކޮމެންޓް