ވާރޭވެހުމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ފާހަނަ އޯވަރ ފްލޯވުމުން އެމެޖެންސީ ވޯޑުގައި ތިބި ހުރިހާ ބަލި މީހުން އެހެން ވޯޑަކަށް މިރޭ ބަދަލު ކޮށްފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރ އާޝިޔާ ސޯލިހް ވިދާޅުވީ ހުޅުމާލެއަށް ކުރި ވިއްސާރާގައި ވާރޭ ވެހުމުގެ ސަބަބުން، އެމެޖެންސީ ވޯޑުގެ ފާހަނަތައް އޯވަރ ފްލޯވުމުން ބަލިމީހުން އެހެން ވޯޑަކަށް ބަދަލު ކުރެވިފައިވާ ކަމަށާއި މިހާރު އެ މައްސަލަ ހައްލު ކުރުމަށް މެއިންޓޭނަންސް ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ވޯޑުގައި ތިބި ހުރިހާ ބަލި މީހުން ބަދަލު ކޮށްފައިވާއިރު ސީދާ ކިތައް މީހުން ކަމެއް ބަދަލު ކުރީ އާޝިޔާ ވިދާޅެއް ނުވެއެވެ.