ކ. މާލެ
|
12 މެއި 2018 | ހޮނިހިރު 05:12
ރޯލްސް އިން އަލަށް ނެރުނު އެސްޔޫވީ
ރޯލްސް އިން އަލަށް ނެރުނު އެސްޔޫވީ
ރޯލްސް ރޮއިސް މޮޓޯ ކާސް
ރޯލްސް ރޮއިސް
ރޯލްސް ރޮއިސްއިން އެސްޔޫވީ އިން ބާޒާރަށް ނެރެފި
ކާރުގެ އަގު ވަރަށް ބޮޑުވާނެ
ކާރު ނެރެފައިވަނީ ކުރިނަ ނެރޭ ކާރުތަކާއި މުޅިން ތަފާތުކޮށް
ކާރު އަމާޒު ކޮށްފައި ވަނީ ޒުވާނުންނަށް

މޮޅު އަދި އަގު ބޮޑުތި ކާރު ވިއްކުމަށް މަޝްހޫރު ވެފައިވާ ރޯލްސް ރޮއިސް އިން އަލަށް އެސްޔޫވީ ބާޒާރަށް ނެރެން ފައްޓަފިއެވެ.

މުއްސަދިންނަށް އަމާޒު ކޮށްގެން ކާރު އުފައްދާ ކުންފުނިތަކުގެ ތެރެއިން ރޯލްސް ރޮއިސްއަކީ ދުނިޔޭގެ ބާޒާރަށް އެސްޔޫވީ ނެރުނު އެންމެ ފަހުގެ ކުންފުންޔެވެ. އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް ވިދާޅުވީ އަލަށް ނެރުނު އެސްޔޫވީ ކަމަށްވާ 'ކަލިނަން' ބާޒާރަށް ނެރުނީ ޒަމާނަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަމަށެވެ. އަދި ކަލިނަންގެ އަގު 275،000 ހާސް ޑޮލަރަށް އަރާނެކަމަށް ވިދާޅުވިއެވެ.

މުއްސަދިންނަށް އަމާޒު ކޮށްގެން ކާރު އުފައްދާ ކުންފުނި ކަމުގައިވާ ބެންޓެލީއާއި ލަމްބަގީނީން ވެސް ވަނީ އެސްޔޫވީ އުފައްދަން ފައްޓައިފައެވެ. ފެރާރީން ވެސް ވަނީ އަންނަ އަހަރުގައި އެސްޔޫވީ ބާޒާރަށް ނެރޭނެކަމަށް ބުނެފައެވެ.

ރޯލްސްއިން އެސްޔޫވީއަށް ނަން ދީފައި ވަނީ ދުނިޔޭގައިވާ ބޮޑު ޔާގޫތަކާ ގުޅުވައިގެނެވެ. އެ ޔާގޫތަކީ އިގިރޭސީ ރަސްކަމުގެ މިލްކެކެވެ.

ކަލިއަން ރޯލްސްއިން ނެރެފައި ވަނީ އާންމުކޮށް ނެރެމުންދާ ޝާހީ ކާރުތަކާ މުޅިން ތަފާތުކޮށެވެ. އަދި ކާރުތަކާ ބެހޭ ގޮތުން ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވަނީ ރޯލްސްއިން ނެރެފައިވާ މިކާރު ޒުވާނުންނަށް ވަރަށް ކަމުދާނެ ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް