ކ. މާލެ
|
15 މެއި 2018 | އަންގާރަ 18:48
އޭސް ހާޑްވެއަރ
އޭސް ހާޑްވެއަރ
އޭސް ހާޑްވެއަރ
ރޯދަ ޚަބަރު
އޭސް ހާޑްވެއަރ އިން ރޯދަ މަހާ ދިމާކޮށް ފޮޓޯ މުބާރާތެއް ފަށައިފި
ފޭސްބުކް މެދުވެރިކޮށް ބައިވެރިވެވޭނެ
އެންމެ ގިނަ ލައިކް ލިބޭ ފަރާތެއް މޮޅުވާނީ
އިތުރު ޕްރޮމޯޝަނެއްވެސް ދަނީ ކުރިއަށް

އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރުން ރޯދަ މަހާ ދިމާކޮށް ފޮޓޯ މުބާރާތެއް ފަށައިފި އެވެ.

ފޭސްބުކް މެދުވެރިކޮށް ހިންގާ މުބާރާތުގައި ހުރިހާ އުމުރުފުރާއަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަންނަ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މުބާރާތުގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ، ގޭތެރައަށް ބޭނުންވާ އެއްޗެއް އޭސްހާޑްވެއަރ ފިހާރައަކުން ގަތުމަށްފަހު އޭތި ބޭނުންނުކޮށް ހުންނަ ވަގުތާއި ބޭނުންކޮށްފައި ހުންނަ ވަގުތުގެ ފޮޓޯއެއް ފޭސްބުކްއަށް އަޕްލޯޑްކޮށްގެންނެވެ. ފޮޓޯލާއިރު MakeoverWithACE# ހޭޝްޓެގް ބޭނުން ކުރަން ވަނީ އިލްތިމާސްކޮށްފައެވެ.

މުބާރާތުގެ ވަނަ ހޮވާނީ ފޮޓޯއަށް ލިބިފައިވާ ލައިކްތަކަށް ބެލުމަށްފަހުއެވެ. އެންމެ ގިނަ ލައިކް ލިބިގެން މުބާރާތުން މޮޅުވާ ފަރާތަށް 000،3ރ ގެ އަގުހުރި ގްރިލް މާކް ބުރޭންޑްގެ، ކެޓަލް ބާބަކިއު ގްރިލްއެއް ލިބިގެންދާނެއެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއް ވިއްކަމުން އަންނަ އޭސް ހާޑްވެއަރ އިން ވަނީ ރޯދަ މަހާ ދިމާކޮށް 300،000ރ އަގުހުރި ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް