ކ. މާލެ
|
11 މެއި 2018 | ހުކުރު 02:36
މެޑި ސްޕާގެ ރިސެޕްޝަން
މެޑި ސްޕާގެ ރިސެޕްޝަން
ސިމާހާ ނަސީމް
ސިމްޑީ ގްރޫޕް
ސިމްޑީ ގްރޫޕުން އިންސްޕަޔަރގެ ނަމުގައި މެޑި ސްޕާއެއް ހުޅުވައިފި
މި މެޑި ސްޕާ ހުޅުވާފައިވަނީ ބޮޑުފުންގަނޑު މަގުގައި ހުންނަ ހ. ހައިފާ ބިލްޑިންގްގައި
އިންސްޕަޔަރ ސްޕާ އިން އެކި ކަހަލަ މަސާޖުތަކާއި ފޭޝަލް ޓްރީމަންޓްތައް ލިބޭނެ

ސިމްޑީ ގްރޫޕުން "އިންސްޕަޔަރ" ގެ ނަމުގައި މެޑި ސްޕާއެއް ހުޅުވައިފިއެވެ.

މި މެޑި ސްޕާ ހުޅުވާފައިވަނީ ބޮޑުފުންގަނޑު މަގުގައި ހުންނަ ހ. ހައިފާ ބިލްޑިންގްގައެވެ.

އެ ސްޕާ ހުޅުވުމަށްޓަކައި ސިމްޑީ އިން ވަނީ ބުރާސްފަތި ދުވަހުގެރޭ ހ. ހައިފާގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ސްޕާގެ ވެބްސައިޓް ލޯންޗުކޮށްދެއްވީ ޑރ. ޓޮމް ޝެނޮންއެވެ.  

ސިމްޑީ ގްރޫޕްގެ ކޯޕަރޭޓް ޑިވަލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ އަހްމަދު އިރާޝް ވިދާޅުވީ އެ ސްޕާ ހުޅުވުމުގެ މަޤްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް އެތަނުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި އެ ސްޕާ މެދުވެރިކޮށް ހޯދާ ހިދުމަތްތަކަކީ ކުރިން ޓެސްޓް ކުރެވި އަދި ވަރަށް ބޮޑަށް ބެލުމަށްފަހު ރައްޔިތުންނާއި ހަމައަށް ގެނެސްދީފައިވާ ހިދުމަތްތައް ކަމަށެވެ.

އިންސްޕަޔަރ ސްޕާ އިން އެކި ކަހަލަ މަސާޖުތަކާއި ފޭޝަލް ޓްރީމަންޓްތަކާއި އިސްތަށި ފޭބުން ދޭ ފަރުވާތަކުގެ އިތުރުން މޫނުގައި ނަގާ ބިހިތަކާއި މޫނުގައި ހުންނަ ލަކުނުތައް ނައްތާލުމުންދޭ ހިދުމަތްތައްވެސް ފޯރުކޮށްދެއެވެ.

އެ ސްޕާގައި ހަރަކާތްތެރިވާ އޮސްޓްރޭލިއާގެ މަޝްހޫރު ޑރ. ޓޮމް ޝެނޮން ވިދާޅުވީ އެ ސްޕާ މެދުވެރިކޮށް މެޑިކަލް ތެރަޕީ ލިބޭނެ ކަމަށާއި އެގޮތުން އެކި ކަހަލަ ޗެކްއަޕްތަކާއި އެތަނުގައި ބޭނުންކުރާ ޕްރޮޑަކްޓްތަކަކީ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ކަމަށެވެ.

ސްޕާ އިން ހިދުމަތް ހޯދުމުގެ ކުރިން www.inspiremedispa.com  ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ސްޕާއިން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު 3304222 ނަންބަރަށް ގުޅުމުން ލިބޭނެއެވެ.

ސިމްޑީ ގްރޫޕުން އިތުރަށް ބުނީ އެ ކުންފުނިން މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސިމްޑީ ގްރޫޕަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް