ވެރިކަން ކުރަމުންދާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖްލީސް މެމްބަރުން މެޑަމްގެ ދަށުން މަސައްކަތް ކުރުމަށް ނުދާން ފައި ވިއްދާލައިފިނަމަ ސަރުކާރުން ކަސްތޮޅު އަޅުފާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ބުދަ ދުވަހުރޭ ވިދާޅުވެއްޖެއެވެ
މެމްބަރު ސިނާނަށް ލިބެމުންދާ އަނިޔާތަކުގެ ތަފްސީލް ހާމަ ކޮށްދެއްވަމުން އަމީތު ވިދާޅުވީ ޔާމީންގެ ނަފްރަތު ސިނާން އަށް އަމާޒު ވެފައިކަމަށް ބެލެވޭ ކަމަށާއި އެއީ ޢައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ، އެއްވެސްމީހަކަށް ނާޖާއިޒް ފައިދާވާ ގޮތަށް އަމަލު ބަހައްޓައިފައި ނުވާތީކަމަށް ބެލެވޭ ކަމަށެވެ.
އަމިތް ވިދާޅުވީ ފަހަރެއްގައި ނާޖާއިޒް ފައިދާ ނެގެން ޖެހޭނެކަމަށް ޔާމީންއަށް ވިސްނިވަޑައިގެންފައި ހުރެދާނެ ކަމަށާއި އެކި ކަހަލަ ކަންތައްތައް ކުރުމުގައި މެމްބަރުން ބޭނުން ކުރެވިދާނެ ކަމަށްވެސް ހީފުޅު ކުރައްވަފާނެކަމަށެވެ. އެގޮތުން އަމީތު ވަނީ މެޑަމްގެ ބެލުމުގެ ދަށުން ކެމްޕެއިން އޮފީހުގައި މެމްބަރުން ލައްވާ ކުރުވާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިތުރަށް ވިދާޅުވީ ޔާމިނާއި މެޑަމް ދަންނަން ޖެހޭނެ ކަމަކީ ހުރިހާ މެމްބަރުންނަކީ ނުހައްގުން ކަންތައް ކުރާނެ ބައެއް ނޫން ކަމަށާއި ހަމަ އެހެންމެ ޣައިރު ޤާނޫނީ އަމުރަށް ނުކިޔަމަންތެރިވާ ކޮންމެ މެމްބަރެއްގެ ހަތަރެސް ފައިގައި ބިޑި ނޭޅުވޭނެކަމަށެވެ.
"ޚާއްސަގޮތެއްގަ ފާތުމަތް އިބްރާހިމް ދީދީގެ އޮފީހުގަ މަސައްކަތް ކުރާ މެމްބަރުންލައްވަ އޮފީހުގައި މިކުރުވާ މަސައްކަތް. އެ އޮފީހުގަ ފުއްޕާހަމަށް ވައި ޖަހަން (ނުވަތަ) ވައި އަޅަން ޖެހިއްޖިއްޔާމުން ދެފައިވައްކޮށްގެން ތަޅުންގަނޑު މަތީގަ މެމްބަރުން ތިބެން އެބަ ޖެހޭ ފުއްޕާހަމައަށް ވައި އަޅައިދޭން. އަދި ޕެނަޑޯލް ބަހަން ޖެހިއްޖެ ކަމުގައިވާނަމަ ޕެނަޑޯލް (ކާޑުތައް) ފޮށިތަކަށްލައި ފޮށިތައް ބަންދު ކުރުމުގެ މަސައްކަތް ކުރަން އެބަ ޖެހޭ ފާތުމަތް އިބްރާހިމް ދީދީ ކައިރީގައި މަސައްކަތް ކުރަން މިތިބޭ މެމްބަރުން. ހަމަ އެއާ އެކީގައި އުފަން ދުވަހެއް އައިއްސިކަމުގައި ވަންޔާ ނުވަތަ މިދެމަފިރިންގެ އެނަވަސަރީއެއް އައިއްސި ކަމަށް ވަންޔާމުން މާސް ޗޮކްލެޓް ބަންދު ކުރަން މެމްބަރުން ތިބެން އެބަ ޖެހޭ -- މީކީ މެމްބަރުން އަދާ ކުރަން ޖެހޭ ގާނޫނީ ޒިމްމާއެއް ނޫން!" އަމީތު ވިދާޅުވިއެވެ.
ސިނާނުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާ މުއްދަތެއް ނެތް ގޮތަށް ޖަލުގަ ބަންދު ކޮށްފައި ވީނަމަވެސް އަސްލު ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސް ގާނޫނު އަސާސީއާ އެތްގޮތްވާ ގޮތުގެ މަތިން މަގާމުން ދުރު ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާތީކަމަށް އަމީތް ވަނީ ވިދާޅުވެފައެވެ.