ޕާސްޕޯޓް ހިފަހައްޓާފައިވުމުގެ ސަބަބުން ދަރިފުޅުގެ ބޭސްފަރުވާއަށްވެސް ރާއްޖެއިން ބޭރަށް ވަޑައިނުގެންނެެވުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ނިމުނު މާޗު މަހުންް ފެށިގެން ފައިސަލް ނަސީމްގެ ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. ފައިސަލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އަވަހަށް ހޯދަންޖެހޭ ފަރުވާއަކަށް ދަރިފުޅާއެކު ޤައުމުން ބޭރަށް ވަޑައިނުގެންނެވުމުން ވަރަށް ދެރަފުޅުވެފަޑައިގެންފައިވާ ކަމަށެވެ.
Extremely sad that I was never allowed to travel abroad with my son for his urgent medical treatment. pic.twitter.com/6uy6JU2fvn
— Faisal Naseem (@FaisalNasym) May 7, 2018
ފައިސަލްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ކުރަން ހިތްވަރު ދެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެންކަމަށް ބުނެ އެވެ.
ފައިސަލްގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން، އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުޤައްރިރު އަލީ ނަޒީރުގެ މައްޗަށްވެސް އެ ތުހުމަތުކޮށް ވަނީ ޕާސްޕޯޓް ހިފަހައްޓާފަ އެވެ.