ކ. މާލެ
|
7 މެއި 2018 | ހޯމަ 17:54
އމަުރު ނެރުއްވި 5 ފަނޑިޔާރުންގެ ތެރެއިން ބާކީ ތިއްބެވި 3 ފަނޑިޔާރުން
އމަުރު ނެރުއްވި 5 ފަނޑިޔާރުންގެ ތެރެއިން ބާކީ ތިއްބެވި 3 ފަނޑިޔާރުން
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު
އަމުރު ނެރުއްވީ 5 ފަނޑިޔާރުންގެ އިއްތިފާގުން
އަމުރުގެ އަޣްލަބިއްޔަތު އޮތީ މިހާރުވެސް ތިއްބެވި 3 ފަނޑިޔާރުންގެ އަތްމަތީގައި
ދެފަނޑިޔާރަކު ހައްޔަރު ކުރީ ވެރިކަން ވައްޓާލަން އަމުރު ނެރެގެން

ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް އެއްވަތު މަތިން އަނެއް ވަތް ދަށުންނެވެ. ކަންކަން ބަދަލުވަމުން އާވަމުންނެވެ. އެފަދަ އެއް މިސާލީ މިއަދުގެ ދައުލަތެވެ. ޚާއްޞަކޮށް ސަރުކާރެވެ. ރައީސް ޔާމީން އާއި ވެރިކަން ހިންގާ މައި ޕާޓީ ޕީޕީއެމްގެ ސިޔާސަތެވެ. ވެރިކަން ދިފާއު ކުރަން އެމީހުން ގެންގުޅޭ އުކުޅުތަކެވެ.

ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދަމާނެ ކަމެއް ނެތެވެ. ބުނަން މިއުޅޭ އެއްޗަކާ ދިމާލަށް ޖެހިލާނަމެވެ. ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރަކީ އެކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ތަފާތު ރައުޔެއް ނެރުއްވި އެއްވެސް ފަނޑިޔާރެއް ނެތެވެ. ނެރުނު އަމުރު ކަމުނުގޮސްގެން އެއަމުރު ތަންފީޒް ނުކޮށް، ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނަގައިގެން ވަދެ ދަމާ ކޫއްތާފައި ގެންގޮސް ހައްޔަރުކުރީ ދެފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޢަލީ ހަމީދެވެ. ބަޣާވާތް ހިންގަން އުޅުނީތީއެވެ. އަމުރު ނެރެން ތިބި ބަޔަކު ނެރުނު އަމުރަކާ ގުޅިގެން އޭގެތެރެއިން 2 މީހަކު ކުށްވެރިވިއިރު އަނެއް ތިން ފަނޑިޔާރުން އަދި ތިބީ ތިބި ގޮތަށެވެ. ސުވާލެއް ކޮށްލަން ގެންދިޔަކަމުގެ އަޑެއް ނީވެއެވެ. ކުރި ތަހުގީގެއްގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެކަމަކު ނެރުނު އަމުރު ކަމުނުދިޔައިރު އެއަމުރުގެ ބާރު އޮތީ އެވެރިންގެ އަތުގައެވެ. ތިން ފަނޑިޔާރުންނާއެކު އަޣްލަބިއްޔަތު އޮތީތީއެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އެތިން ފަނޑިޔާރުންގެ ރިޝްވަތު ހިފިކަމުގެ އެއްވެސް ކަމެއް ތަހުގީގަށް ފާހަގަ ކުރެވިފައެއް ނެތްކަމަށެވެ. އެކަމަކު އަމުރު ގޯހެވެ. އަމުރު ނެރުނީ ބަޔަކު ރިޝްވަތު ނަގައިގެން ވެރިކަން ވައްޓާލަން ހިންގި ބަޣާވާތަކުންނެވެ. އެއަމުރު އަމުރަކަށްވީ އެތިން ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ. ރިޝްވަތު ނަގައިން ވެރިކަން ވައްޓާލަން އެއަމުރު ނެރުނީތީ ދެފަނޑިޔާރުން އުޑުގައި ޖެހިފަ ބިމުގަ ޖެހުނު ނަމަވެސް އެތިން ފަނޑިޔާރުން ނޫނީ އެއިން އެއް ފަނޑިޔާރަކު ނަމަވެސް ހައްޔަރުކޮށްފައިތިބި ފަނޑިޔާރުންނާ ރައުޔު އެއްގޮތް ނުވިނަމަ އެއަމުރެއް އެހެނެއް ނުނެރެވުނީހެވެ. ކިހާ ހެއްވާ ކަމެއް ހެއްޔެވެ. އެކަމަކު ބަނޑުގައި ގޮށްލާވަރަށް ހިނިއާދެވެނީ އަދި މުޅިން އެހެން ކަމަކާހެދިއެވެ. އެތިން ފަނޑިޔާރުންނަށް ވާނެ ގޮތެއް ނޭނގޭތީއެވެ. އެ ފަނޑިޔާރުންނާމެދު ތުހުމަތު އުފުލާނެ ވަގުތެއް ނޭނގޭތީއެވެ. މިހާރު ދެ ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމްގެ ތުހްމަތެވެ. ވެރިކަން ވައްޓާލަން އުޅުމުގެ ތުހްމަތެވެ.

ރައީސް ޔާމީންގެ ބަސްމަގާއި ސަރުކާރުގެ ޢަމަލްތަކުން ޔަޤީންވާ ކަމަކީ އެވެރިންނަށްވެސް އަދި އެހާލަތާ ކުރިމަތިލާން ޖެހިދާނެ ކަމެވެ. ވެރިކަން ދިފާއުކުރަން ރައީސް ޔާމީން ނުކުރައްވާނެ ހަމަ އެއްކަމެއް ވެސް ނޯންނާނެ އެވެ. ދުވާލުގެ އިރު އެނގޭހެން އެއީ މުޖައްރިބު ކަމެކެވެ. ނޫންނަމަ އިތުބާރު ކުރެއްވި ކާނަލް ނާޒިމް ޖަލަކު ނޯންނާނެއެވެ. 500 ޕަސެންޓް އިތުބާރު ކުރެއްވި އަދީބަކަށް މިއަދު އެހާލެއް ނުޖެހޭނެއެވެ. އެވެރިންގެ ވާހަކަތައް ދޫކޮށްލާފައި އަނެއްކާވެސް ސީދާ ހައްޔަރުކޮށްފައިވާ 2 ފަނޑިޔާރުންގެ ވާހަކަ ދައްކާލަމާ ހެއްޔެވެ.

ޢަލީ ހަމީދާމެދުވެސް މީގެ ކުރިން ބޮޑެތި ތުހްމަތުތަކެއް ކުރެވިފައި ހުރި ނަމަވެސް، ރައީސް ޔާމީނުގެ ސަރުކާރަށް ތަންފީޒުކުރަން ޖެހޭވަރުގެ ހުކުމެއް ނުނެރޭތީވެ، އެކަންކަން ރައީސް ޔާމީންގެ ލޯފުޅަށް ނުފެނެ އެވެ. މިހާރު ތިއްބެވި ފުލުހުންނަކަށް ވެސް ނޭނގެ އެވެ.  

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް ހޫނުފެނުގެ ވާހަކަ ދެއްކެވީ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް ޖަލަސާއެއްގައެވެ. އެވާހަކަ އަމާޒު ކުރެއްވީ އިދިކޮޅަށެވެ. މިހާރު ތަހުގީގް އެކުރަނީ އެމައްސަލައެވެ. އަދީބު ނައިބު ރައީސަކަށް ގެންނެވި ހިސާބުން 2015 އިން ފެށިގެން ވެރިކަން ވައްޓާލަން މައުމޫން އުޅުއްވި ވާހަކަވެސް އެބުނީ މިހާރުއެވެ. މީގެ ކުރީގައި އެކަމަށް ކުރި ތަހުގީގެއް ނެތެވެ. ޤާސިމްއަށް ރަންފައިސާފޮތި ލިބުނީ އެންމެ ގިނައިން ޓެކްސް ދައްކާ މީހެއްގެ ގޮތުގައެވެ. އާޚިރުގައި ނިމުނީ އެތައް މިލިއަން ރުފިޔާއެއް ސަރުކާރަށް ނުދައްކާ އޮވެގެންނެވެ. އެކަމަކު ކޮޅު ބަދަލު ކުރި ހިސާބުންނެވެ. އެ ފައިސާ ދައްކަން ނުޖެހުނީ، ގާސިމްގެ ކޮޅަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުންނެވެ.

ކޮންމެއަކަސް މިހުރީ ހައްތާވެސް އެންމެންނަށް ފެންނަން ހުރި ބޮޑެތި މިސާލުތަކެވެ. ކިޔަވާކުދިންގެ ރިސާޗް ތަކުގައި ލިޔަންހުރި ވާހަކަތަކެވެ. އިލްމީ މީހުން އަދި ފޮތްތައް ލިޔާނެ ކަންކަމެވެ. ކަމެއް ބޮލުއަޅުވާފައި ދުއްވާނުލައިފިނަމަ ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރު ފަނޑިޔާރުން އައްޔަން ކޮށްގެންނަމަވެސް ތިޔަ ތިން ފަނޑިޔާރުން ސުޕްރީމް ކޯޓުތެރެއިން ބޭރުކުރުމަކީ ކައިރި ކަމެކެވެ. ނޭނގެނީ އެކަން ހިނގާނެ ވަގުތެވެ. ރައީސް ޔާމީންގެ ސިޔާސަތަކީ ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް ވިޔަސް، ވެރިކަމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް