އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ކެމްޕެއިން މިއަދު ފަށައިފިއެވެ.
އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ މަގްބޫލު ސްމާޓް ފޯނުތައް ޚިޔާރުކުރުމަށް އިންސްޓޯލްމަންޓް އޮފަރ ތަކެއް ވަނީ ހުޅުވާލައިފައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓް ފޯނުތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ގަނެވޭ އަގުހެޔޮ ސްމާޓްފޯނުތައްވެސް ހިމެނެއެވެ.
އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއަރ މެދުވެރިކޮށްވެސް ވަރަށް ޚާއްޞަ، އަދި ފައިދާތަކުން ފުރިގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އެގޮތުން:
- ލައިފް އިންޝުއަރެންސް: މުޅިން އަލަށް ތައާރަފުކޮށްފައިވާ މި ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް މި މަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.
- ޕްރިއޯރިޓީ ޕާސް މެމްބަރޝިޕް: ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއާރޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދާނެއެވެ.
- ކްލަބް ޕްރިމިއާ ލައުންޖުގެ ޚިދުމަތް
- ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން އެއް
- އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ޚާއްޞަ އޮފަރތައް
"އުރީދޫ އިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ޚިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް. އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް. މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެފަދައިން ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސްކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތައް،" އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވިއެވެ.
"މީގެ އިތުރުން މިޕެކޭޖްތައް ނެންގެވުމުން އެތަކެއް އިތުރު ފައިދާތަކެއް އެކުލެވިގެންވޭ. އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަޤްބޫލް އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ."
އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާނެއެވެ. އެގޮތުން، އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް، މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ނެޓްވާރކްގައި ބޭނުންކުރުމަށް، އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބިގެންދެއެވެ.
މި ކެމްޕެއިންއާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބިގެންދާނެއެވެ.