މިމަހުގެ 9 ވަނަ ދުވަހު ބާއްވާ މެލޭޝިއާގެ އާއްމު އިންތިޚާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި މެމްބަރު އަހުމަދު އަކްރަމް މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
މެލޭޝިއާގެ 14ވަނަ އާއްމު އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެއަށް ދައުވަތު ދީފައިވާކަމަށް މިދިޔަ މަހު މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި އިންތިޚާބަކީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤާއި އިދިކޮޅު ލީޑަރު މަހާތީރު މުހައްމަދާއި ދެމެދު ކުރެވޭ ވަރުގަދަ ސިޔާސީ ހަނގުރާމައަކަށް ވާނެކަމަށް މެލޭޝިއާގެ ސިޔާސީ ފަރާތްތަކުން ބުނެއެވެ. އާއްމު އިންތިޚާބުގެ ކެމްޕޭން އެޤައުމުގައި ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ. އަދި އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.