ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:52
މަޖީދީ މަގުގައި ހުރި ފިހާރަތަކެއް
މަޖީދީ މަގުގައި ހުރި ފިހާރަތަކެއް
ރާއްޖެ އެމްވީ
ރޯދަ ޚަބަރު
ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި
ރޯދަ މަހު ކެފޭ ރެސްޓޯރަންޓް ހުޅުވޭނީ އިރުއޮއްސޭއިރު

މި އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ހަ ރޯދަ ނިމެންދެން، ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މީގެ އިތުރުން، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހު ނިޔަލަށް ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ޚިދުމަތް ދެވޭނީ އިރުއޮއްސުނީއްސުރެ މެންދަމު 3:00 ޖެހުމާއި ހަމައަށްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ރަމަޟާން މަހު އެކިއެކި ވިޔަފާރި ކުރެވޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު، ޕެޓްރޯލް ޝެޑުތައް ދަންވަރު 12 ޖެހުމާއި ހަމައަށް އަދި ކެފޭ ރެސްޓޯރަންޓްތައް މެންދަމު 1 ޖެހުމާއި ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީއިން ދާދި ފަހުން ވަނީ ދީފައެވެ.

ރަމަޟާން މަހު ރޭގަނޑު 11 ޖެހުމާއި ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީއިން ދީފައިވާއިރު، އެ މިނިސްޓްރީން މިހާރު ދަނީ ކުށްގިނަވާކަމަށް ބުނެ ދިނުން ހުއްޓާލި، 24 ގަޑިއިރު ފިހާރަ ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އަލުން ދިނުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް