ކ. މާލެ
|
6 މެއި 2018 | އާދީއްތަ 15:55
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު
މުހައްމަދު ޝަރުހާން
އުއްތަމަ ފަނޑިޔާރު
ދައުވާ ކުރަނީ ފެބްރިކޭޓް ކޮށްގެން، އެކަން މުޅި ދުނިޔެ ދެކޭނެ: އުއްތަމަފަނޑިޔާރު
ކުޅޭ ކުޅޭ ކަހަލަ ކަންކަން އަޅުގަނޑެއް ނުކުރާނެ: އުއްތަމަފަނޑިޔާރު

ދައުވާ އުފުލާފައި ވަނީ ފެބްރިކޭޓްކޮށްގެން ކަމަށާއި އެކަން މުޅި ދުނިޔެ ދެކޭނެ ކަމަށް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަފަނޑިޔާރު އެގޮތަށް ވިދާޅުވީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. ކުށުން ބަރީއަތްވެވަޑައިގަތުމަށް ޝަރީއަތަށް ހުށަހެޅުއްވި ބައެއް ހެކިތައް ބަލައި ނުގަތުމަށް ގާޒީ ނިންމެވުމާ ގުޅިގެން، ގޮނޑިން ތެދުވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ދައުވާއަކީ "ފެބްރިކޭޓް"ކޮށްގެން ހުށަހަޅާފައިވާ ދައުވާއެއް ކަމަށާއި ޖެމްސްގެ ހިދުމަތް މެދުކަނޑާލުމަކީ އެމަނިކުފާނު ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ.

އަބްދުﷲ ސައީދު ވިދާޅުވީ "ވާގަނޑެއް ކެނޑުންކަހަލަ ކުޅޭ ކުޅޭ ކަންކަމަކީ" އުއްތަމަފަނޑިޔާރު ކުރައްވާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓު ހިންގެވީ ވަރަށް ޓްރާންސްޕޭރެންޓުކޮށް ކަމަށާއި އުފުލާފައިވާ ދައުވާތަކަކީ ހަގީގަތެއް ނޫންކަން މުޅި ދުނިޔެ ވެސް ދެކޭނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައި ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތައް އެ ކޯޓަށް ނުލިބޭ ގޮތަށް، ގަވާމެންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އުއްތަމަފަނޑިޔާރު ވިދާޅުވީ ޖެމްސްގެ ހިދުމަތް މެދުވެރިކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ. ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ކަންކަމަށް ރިޔާއަތް ކުރުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމެވި ކަމަށާއި ދައުލަތުން ހުށަހެޅި ކަންކަމަށް އޭނާ ދެކޮޅު ހަދާފައި ނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް