ކ. މާލެ
|
6 މެއި 2018 | އާދީއްތަ 14:58
މަގާމުން ވަކިކުރިފަހުން ވެސް 13 މަސް ދުވަހު ރާއްޖޭގައި އުޅެފައިވޭ
މަގާމުން ވަކިކުރިފަހުން ވެސް 13 މަސް ދުވަހު ރާއްޖޭގައި އުޅެފައިވޭ
އަޒުމޫން އަހުމަދު
ފުއާދު އޭސީސީއަށް
އޭސީސީއަށް ހާޒިރުވުމާއިމެދު މިދަނީ ވިސްނަމުން: ފުއާދު ތައުފީޤް
ފުއާދު ހާޒިރުވާން އަންގާފައިވަނީ މެއި 9ގައި
ތުހުމަތުކުރަނީ މުވައްޒަފުން ނެގުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް

ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން ހާޒިރުވާން އަންގާފައިވާ އެންގުމާއި އެއްގޮތަށް އެ ކޮމިޝަނަށް ހާޒިރުވުމާއިމެދު ވިސްނަވަމުން ގެންދަވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

" މިއަދު ދެން ބަންދު ދުވަހެއްވީމަ، ދެން އަޅުގަނޑަށް ޑޮކްޓަރާއި ވެސް މަޝްވަރާ ކޮށްފައި އެނގޭނީ" ސްރީ ލަންކާގައި އުޅުއްވަމުން ގެންދަވާ ފުއާދު ރާއްޖެ ޓީވީއަށް ވިދާޅުވިއެވެ.

ފުވާދު ކޮމިޝަނަން ހާޒިރުވުމަށް އަންގާފައި ވަނީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކުލަވާލި ގައުމީ ކޮންޕްލެއިންޓްސް ބިއުރޯއަށް ތިން މަސްދުވަހުގެ މުއްދަތަށް މެމްބަރުން ހޯދުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުގައި ކަމަށެވެ.

ފުއާދުވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

"ކޮމިޝަނުގެ މެމްބަރުންގެ އަތްމައްޗަށް އަންނާނީ އިންޓަވިއުކޮށް ޝޯޓް ލިސްޓްކުރެވޭ ފަރާތްތައް. ގޮތެއް ނިންމަވާނީ ކޮމިޝަނުގެ މެމްބަރުން"

ފުވާދަކީ 2013ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސެވެ. ފުވާދާއި އިލެކްޝަންސްގެ އެހެން ބައެއް ބޭފުޅުން ކޮމިޝަނުން ވަކިކޮށް، އެބޭފުޅުންގެ މައްޗަށް ކޯޓުގެ ހުރުމަތްކެނޑި ކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވަނީ އިލެކްޝަންސް ކޮމިޝަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމުން، އެކޮމިޓީގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. ޖަލު ހުކުމެއް ކުރިޔަސް، އެހުކުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރާނަމަ ޖަލަށް ނުލާ ގޮތަށް ހުކުމަށް ފަހު އެބޭފުޅުން ދޫކޮށްލިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 މެއި 2018 | ހޯމަ 06:10
ފަސީ
ކޮބާ ދެން ނެތްތަ އެހެން އިތުރުމީހަކު ފުލުސް އޮފީހަށް ހާޟިރުކުރާނެ. ފުވާދު ތައުފީޤު، ޔުމްނާ މައުމޫނު. ސާބަހޭ ޝުކުރިއްޔާ ގައުމު