ކ. މާލެ
|
6 މެއި 2018 | އާދީއްތަ 09:55
ހުޅުމާލެ ފްލެޓް
ހުޅުމާލެ ފްލެޓް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ މަޝްރޫއުު
ފްލެޓަށް  ފޯމް ދޫކުރުން މިއަދު 2 އިން ފެށިގެން
ހުޅުމާލޭގައި އަޅާ 7000 ފްލެޓް އަކީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފްލެޓްތައް
އެ ފްލެޓްތައް 12 ކެޓަގަރީއަކަށް ވަނީ ބަހާލާފައި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ފްލެޓަށް ފޯމް ދޫކުރުން މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ފަށާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯމް ދޫކުރާނީ މިއަދު މެންދުރު ފަހު 2 އިން ފެށިގެން ކަމަށެވެ.

ހުޅުމާލޭގައި އަޅާ 7000 ފްލެޓް އަކީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފްލެޓްތަކެވެ. އެ ފްލެޓްތައް 12 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.

ހުޅުމާލޭގައި ތަރައްގީކުރާ އެ 7000 ފްލެޓް ދޭން ހައުސިން މިނިސްޓްރީން ނިންމާފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

ހިޔާ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައެވެ. އެމަޝްރޫއުގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ފްލެޓް އެޅުމަށް އިއުލާނުކޮށްފައިވާއިރު ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް