ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 17:48
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގް - ފުވާދު ހާޒިރުވާން އަންގާފައި ވަނީ ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގް - ފުވާދު ހާޒިރުވާން އަންގާފައި ވަނީ ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ
އަޒުމޫން އަހުމަދު
ފުވާދު ތައުފީގް
ފުވާދު ތައުފީގު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައިފި
ފުވާދު ހާޒިރުވާން އަންގާފައި ވަނީ ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ

ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގް އެންޓި ކޮރަޕްޝަން ކޮމިޝަން ހާޒިރުވާން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށް ހުކުމެއް ކުރުމާއި ވިދިގެން އޭގެ ފަހުން އަވަށްޓެރި ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ފުވާދު އެންޓި ކޮރަޕްޝަން ކޮމިޝަން ހާޒިރުވާން އަންގާފައި ވަނީ މެއި މަހުގެ 9 ވަނަ ދުވަހުށެވެ. އެ އަމަރުގައި ބުނެފައިވާ ގޮތުން ފުވާދު ކޮމިޝަނަން ހާޒިރުވުމަށް އަންގާފައި ވަނީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކުލަވާލި ގައުމީ ކޮންޕްލެއިންސް ބިއުރޯއަށް ތިން މަސްދުވަހުގެ މުއްދަތަށް މެމްބަރުން ހޯދުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުގައި ކަމަށެވެ.

ފުވާދަކީ 2013ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސެވެ. ފުވާދާއި އިލެކްޝަންސްގެ އެހެން ބައެއް ބޭފުޅުން ކޮމިޝަނުން ވަކިކޮށް، އެބޭފުޅުންގެ މައްޗަށް ކޯޓުގެ ހުރުމަތްކެނޑިކަމަށް ބުނެ ޖަލު ހުކުމެއް އިއްވާފައިވަނީ އިލެކްޝަންސް ކޮމިޝަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރުކުރުމުން، އެކޮމިޓީގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. ޖަލު ހުކުމެއް ކުރިޔަސް، އެހުކުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރާނަމަ ޖަލަށް ނުލާ ގޮތަށް ހުކުމަށްފަހު އެބޭފުޅުން ދޫކޮށްލިއެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ފުވާދު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުން ބޭރުކުރީ ރިޔާސީ އިންތިޚާބުގެ ކަންތައް މިނިވަންކަމާއި، އިންސާފުވެރިކަމާއިއެކު ގެންދަވަން މަސައްކަތްކުރެއްވުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް