ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 04:03
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް
ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް
ފޭސްބުކް
ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް އިން ޕްރޮމޯޝަނެއް ފަށައިފި
ހެޔޮ އަގެއްގައި ޓިކެޓްތައް ލިބިގެންދާނެ

ސްރީލަންކަން އެއަރލައިންސްގެ ފަރާތުން ސ. ގަމުން ދަތުރު ކުރާ ފަރާތްތަކަށް ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މެއި މަހުގެ 5 އިން ފެށިގެން މެއި 8 އާ ހަމައަށް ޓިކެޓް ނަންގަން ޖެހޭނެއެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި ޓިކެޓް ނަގާ ފަރާތްތަކަށް މެއި 12 އިން ފެށިގެން ޖޫން 12 އާއި ހަމައަށް ދަތުރު ކުރެވޭނެއެވެ.

މީގެ އިތުރުން ކޮލޮންބޯ، ކޮޗިން, ބެންކޮކް އަދި ތިރުވަނަންތަޕޫރަމް އަށް ދަތުރުކުރާ ފަރާތްތަކަށް 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފައެވެ. އަދި މީގެ އިތުރުންވެސް ސްރީލަންކަންއިން ވަނީ ގަމުން ބަންގްލަދޭޝްގެ ޑާކާއަށް ފުރާމީހުންނަށް ހާއްސަ ފެއާއެއްވެސް ފަށައިފައެވެ. އެގޮތުން އެއްކޮޅު ޓިކެޓު ގަމުން ޑާކާއަށް 252 ޑޮލަރަށް ވިއްކާއިރު ދެކޮޅު ޓިކެޓްގެ އަގަކީ 495 ޑޮލަރެވެ. އަދި ބެގޭޖްގެ ގޮތުގައި އިކޮނޮމީ ކްލާސްއަށް 40 ކިލޯ އަދި ބިޒްނަސް ކްލާސްއަށް 45 ކިލޯ ދިނުމަށް ވަނީ ނިންމާފައެވެ.

ސްރީލަންކަން އެއަރލައިންސްގެ ޕްރޮމޯޝަން އާއި ގުޅޭ މައުލޫމާތުތަކާއި ރިޒަވޭޝަން ހެއްދުމަށް ސްރީލަންކަންގެ ޖެނެރަލް ސޭލްސް އެޖެންޓް އޮފީހުގެ ނަންބަރ 6896565 ނުވަތަ މޮބައިލް ނަންބަރ 7978966 ނަންބަރަށް ވައިބަރ ނުވަތަ ފޯނުކޮށްގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.

 

- ކޮމެންޓް