ކ. މާލެ
|
4 މެއި 2018 | ހުކުރު 20:04
ޕްރޮޑަކްޓްތައް ލޯންޗުކުރުމުގެ ތެރެއިން
ޕްރޮޑަކްޓްތައް ލޯންޗުކުރުމުގެ ތެރެއިން
ހައިރައިޒް ޕްރައިވެޓް ލިމިޓަޑް
އެފްއެންޑްބީ ޝޯ
އެފްއެންޑްބީ ޝޯ ތެރެއިން ޔޫއެޗްބީއޭ އިން ޕްރޮޑަކްޓުތަކެއް ލޯންޗުކޮށްފި
ޕްރޮޑަކްޓްތަކުގެ ރަހަ ބަލާލުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

އެފްއެންޑްބީ ޝޯގެ ތެރެއިން ޔޫއެޗްބީއޭ ފުޑްސް ކުންފުނިން އައު ޕްރޮޑްކްޓްތަކެއް މިއަދު ލޯންޗުކޮށްފިއެވެ.

މިއަދު ޝޯ ތެރެއިން ލޯންޗުކޮށްފައިވަނީ ޔޫއެޗްބީއޭގެ ޕްރޮޑަކްޓްތައް ކަމުގައިވާ ބަށި ސަމްބޯލް އާއި ދިވެހި ހަކުރެވެ. އެ ކުންފުނީގެ އަމާޒަކީ ސަތޭކަ ޕަސަންޓް ދިވެހި އުފެއްދުންތައް އުފައްދާ ވިއްކުމެވެ. އެގޮތުން އެ ކުންފުނިން މިހާތަނަށް މާކެޓަށް ތައާރަފުކޮށްފައިވާ ބައެއް ޕްރޮޑަކްޓްތަކަކީ ކައްޓަ ސަމްބޯލް، ސީނި ސަމްބޯލް، ސީފުޑް ސަމްބޯލް، ކުޅިމަސް ސަމްބޯލްގެ އިތުރުން މަސްމިރުހެވެ.

މީގެ އިތުރުން ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ޕްރޮޑަކްޓްތަކުގެ ރަހަ ބަލާލުލުމުގެ ފުރުސަތު ވަނީ ޔޫއެޗްބީއޭ އިން ވަނީ ހުޅުވާލާފައެވެ.

އެފްއެންޑްބީ ޝޯ އިންތިޒާމްކުރި ހައިރައިޒް ކުންފުނީގެ ފަރާތުން ބުނީ ޝޯގެ ތެރެއިން ވަރަށް ހާއްސަ ލަޑީޑްރޯތަކެއް ނެގިގެންދާނެ ކަމަށާއި ގިނަ ސްޓޯލްތަކުން ހާއްސަ ޑިސްކައުންޓަކާއެކު ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ކަމަށެވެ.

އެފްއެންޑްބީ ޝޯ ކުރިއަށްދާނީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ހައިރައިޒް ކުންފުނީގެ ފަރާތުން ބާއްވާ ތިން ވަނަ އެފްއެންޑްބީ ޝޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް