ކ. މާލެ
|
4 މެއި 2018 | ހުކުރު 18:17
ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން
ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން
ޓްވިޓަރ
ދުންޔާ މައުމޫނު
ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
ރައީސް ނަޝީދު ދުންޔާގެ ވާހަކަފުޅަށް ތާޢީދުކުރެއްވުމުން ރައީސް ނަޝީދަށް ރައްދު ދެއްވި
ދުންޔާ މައުމޫން ބުރާސްފަތި ދުވަހު ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ޤާއިމްކުރުމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އިންޑިއާއިން އެހީވާންޖެހޭކަމަށް
އިންޑިއާގެ މައްޗަށް އޮތް ޒިންމާ އަދާކުރުމުގައި އިންޑިއާ ފެއިލްވެފައިވާކަމަށްވެސް ދުންޔާ ވިދާޅުވި

ފެބްރުއަރީ 1 ގެ އަމުރާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް އެހީތެރިވުމަށް އިންޑިއާގެ ކިބައިން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އެދިވަޑައިގަތްގަތުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާޢީދުކުރެއްވުމުން އެކަމަނިކުފާނު ވިދާޅުވި އެއްޗެއްގެ މާނަ އޮޅޭ ގޮތަށް ދުންޔާ ރައްދު ދެއްވައިފިއެވެ.

އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެން ދުންޔާ މައުމޫން ބުރާސްފަތި ދުވަހު ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ޤާއިމްކުރުމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށް އެހީވުމަށް އިންޑިއާގެ މައްޗަށް އޮތް ޒިންމާ އަދާކުރުމުގައި އިންޑިއާ ފެއިލްވެފައިވާކަމަށެވެ. އަދި ރައީސް މައުމޫނަށް އެހީތެރިވުމަށް އިންޑިއާއަށް ގޮވާލެއްވިއެވެ. 

ދުންޔާ މައުމޫން އިންޑިއާގެ ކިބައިން އެހީތެރިކަމަށް އެދިވަޑައިގަތުމުން، އެކަމަނާ ރައީސް ޔާމީނުގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމުގައި ހުންނަވައިގެން، ބޭރުގެ އެހީ ހޯދުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތާއި ދެކޮޅަށް ދެއްކެވި ވާހަކަފުޅުތައް ބައެއް ފަރާތްތަކުން ފާހަގަކުރަން ފެށިއެވެ. އަދި ސަރުކާރުން ވަކިވެވަޑައިގަތުމަށްފަހުވެސް އެކަމަނާ ގުޅިފައިވާ ޕާޓީތަކުން ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދާ އިސްލާހީ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުގެ ޙަރަކާތްތަކަށް އެކަމަނާ ފާޑުވިދާޅުވާއިރު، ރައީސް މައުމޫނީ ގުޅިފައިވާ ޕާޓީތަކުގެ އެއް ލީޑަރެވެ. 

އިންޑިއާގެ އެހިއަށް ދުންޔާ މައުމޫން އެދިވަޑައިގަތުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މައްސަލައިގެ ތެރެއަށް އިންޑިއާއިން ވަނުމުގެ މުހިއްމުކަން ދުންޔާ މައުމޫނަށް އެނގިވަޑައިގަންނަވާތީ އެކަމާ އުފާކުރައްވާކަމަށާއި، އެމައްސަލައިގައި އެމަނިކުފާނު އަބަދުވެސް ދެކިވަޑައިގަތީ އެގޮތަށްކަމަށެވެ. 

އެހެން ނަމަވެސް ރައީސް ނަޝީދުގެ ޓްވީޓާއި ގުޅިގެން އެއަށް ރައްދު ދެއްވައި ދުންޔާ ވިދާޅުވީ އިންޑިއާއިން އަސްކަރީގޮތުން ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަންނަ ވާހަކަ އެކަމަނާ ވިދާޅުނުވާކަމަށެވެ. ދުންޔާ އެހެން ވިދާޅުވިއިރު، އަސްކަރީ ގޮތުން އިންޑިއާއިން ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަންނަ ވާހަކަ ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ. ފެބްރުއަރީ މަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި ގުޅިގެންވެސް އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ މަދަދު ލިބިފައިވާ މަންދޫބެއް ރާއްޖެއަށް ފޮނުއްވުމަށެވެ. 

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅޭ ގޮތަށް ދުންޔާ ކުރެއްވި ޓްވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އެކަމަނާއަށް އަމާޒުވަމުންނެވެ. ރައީސް މައުމޫންގެ ދިފާޢުގައި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކުރަމުންދާއިރު، އެޕާޓީތަކުގެ އިސްވެރިން ދައްކާ ވާހަކަތައް ރައްޔިތުންނަށް އޮޅޭ ގޮތަށް ދުންޔާގެ ވާހަކަ ދައްކަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 މެއި 2018 | ހޯމަ 08:12
މަސީހު
މިކަހަލަ މޮޔަ ބޮލަންއަރާތީ މައުމުމޯންވެސް މީނަ ބާކީކުރަނީ!
6 މެއި 2018 | އާދީއްތަ 05:43
ފިރުޓޭ
އާން ދުންޏާ އަށް މިހާރު ވަރަށް ކަންކަން އޮޅޭ ކަމަށް ބެލެވެނީ!
4 މެއި 2018 | ހުކުރު 14:20
Alifu
Alhugandah heevanee Dhunya vidhaalhuvi ehchehge maana Miuvaanahves olhijjehen.
4 މެއި 2018 | ހުކުރު 13:39
ފާނު
jaasooseh