ކ. މާލެ
|
4 މެއި 2018 | ހުކުރު 15:08
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރާއްޖެއެމްވީ
ކުނޫޒު ޖަލްސާ
ނުފެންނަ އެތައް ގެއްލުންތައް ތައުލީމީ ނިޒާމަށް ޔާމީންގެ ސަރުކާރުން ދޭ: ރޮޒެއިނާ
ރޮޒެއިނާ ވިދާޅުވީ ދިވެހިންނަކީ ދަރީންގެ ތައުލީމަށް ވަރަށް އިސްކަންދޭ ބައެއްކަމަށް

ނުފެންނަ އެތައް ގެއްލުންތަކެއް ތައުލީމީ ނިޒާމަށް ރައީސް ޔާމީންގެ ސަރުކާރުން ދެމުން ގެންދާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ،

ކުނޫޒުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ބޭފުޅުން މި ސަރުކާރުން ގެނެސްދެއްވަނީ "ފެންނަން ހުރި" ތަރައްގީ ކަމަށް ވިދާޅުވާއިރު، މި ސަރުކާރުން ނުފެންނަ އެތަށް ގެއްލުންތަކެއް ރައްޔިތުންނަށް ދެމުން ގެންދާކަމަަށެވެ.

ރޮޒެއިނާ ވިދާޅުވީ ދިވެހިންނަކީ ދަރީންގެ ތައުލީމަށް ވަރަށް އިސްކަންދޭ ބައެއްކަމަށެވެ. އެގޮތުން މި ސަރުކާރުން ކުރާ ވައްކަމަށް ނުވަތަ ރައީސް ޔާމީން ހިންގަވާ ޖަރީމާއަށް އިސްކަން ނުދޭ މީހާވެސް ދަރިންގެ ތައުލީމަށް އިސްކަންދޭކަމަށެވެ.

"ޔާމީން ހިންގާ ކޮރަޕްޝަނާ ދޭތެރޭ ނުވިސްނާ މީހާވެސް ދަރީގެ ތައުލީމާއި މެދު ވިސްނާ، ދަރިފުޅަށް ރަނގަޅު ތައުލީމެއް ލިބުން އެދޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ތައުލިމީ ނިޒާފު ފުނޑުފުނޑުވެގެން ދިޔަ ނުދިނުމަށް މިހާރުއްސުރެ އެ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދަންކަންޖެހެއެވެ.

ތައުލީމީ ކުރިއެރުމަކީވެސް ވާދަވެރިކަމުގެ ތެރެއިން އުފެދިގެން އަންނަ އެއްޗަކަށް ވާއިރު، މިހާރު އެ ވާދަވެރިކަން ދައްކަން ދަރިވަރުންނަށް އެއްވެސް ކަމެއް ނެތްކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

" ގްރޭޑް 8 އަށް ދާ ކުދިންނަށް ދޭ ޓެސްޓް މިހާރު ހެދުން ހުއްޓާލުމުގެ ނަތީޖާއަކީ ފެންވަރު ނެތިސް އެ ހިސާބަށް ދެވުން. މީގެ ދެ އަހަރު ފަހުން އެކުދިން އޯލެވެލް ހަދާއިރު މީގެ ނަތީޖާ ފެންނާނެ" ރޮޒޭ ވިދާޅުވިއެވެ.

އަންނަ ޖުލައިމަހު ބޭއްވުމަށް ފަސްކޮށްފައިވާ ޓޮޕް އެޗީވާސް އެވޯޑަށް އިޝާރާތްކޮށް ރޮޒެއިނާ ވިދާޅުވީ، ހުރިހާ މާއްދާއަކުން އޭ ސްޓާރ ލިބޭކުދިންނަށް އެކަނި އެއްވަނަ ދޭގޮތަށް ހެދުމަކީ ރަނގަޅުކަމެއް ނަމަވެސް އެކަން ވެސް ކުރީ،  އިނާމު ދޭ ޖަލްސާގައި ރައީސް ޔަމީން ގިނައިރު އިންނަވަން ޖެހިދާނެތީކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ޓޮޕް އެޗީވާސް އެވޯޑްގައި ހަމަ އެކަނި އެއްވަނަ ދެވަނަ އަދި ތިންވަނައަށް އެކަނި އިނާމު ދޭން ނިންމާފައިވާތީ އެކަމާއި ބެލެނިވެރިންގެ ކަންބޮޑުވުން ހުރިކަން ރޮޒެއިނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
4 މެއި 2018 | ހުކުރު 10:23
Bunely
Gellun dheythee dhw natheejaa rangalhu vany sahaadheh boa halaaku