ހއ.ދިއްދޫގެ ގެތަކުގެ އެޕްރީލް މަހުގެ ބިލް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު މުޒާހަރާ ކުރަން ނިންމައިފިއެވެ.
ކަރަންޓް ބިލް ބޮޑުވި މައްސަލައިގައި މުޒާހަރާކުރަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ދިއްދޫ ދާއިރާގެ ހިންގާ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މި މުޒާހަރާ ކުރުމަށް ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެރަށު އިންޖީނުގޭގެ ދޮރުމަތީގައި ކަމަށެވެ.
ދިއްދީގެ އިތުރުން މާލެ އާއި ބައެއް އެހެން ރަށްރަށުގައި ވެސް ވޭތުވެދިޔަ ދެ މަހުގެ ކަރަންޓް ބިލް ބޮޑުވުުމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.