ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން އޮތް އިބްތިދާއީ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށާއި ކޯޓުތަކުގެ ބައެއް ފަނޑިޔާރުނަށް ރިޝްވަތު ދީ ގާނޫނީ ވެރިކަން, ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހްމަތުކުރާ މައްސަލަތަކެއްގައެވެ.
މި މައްސަލައިގައި ބުރާސްފަތި ދުވަހު ބާއްވަން އޮތް އަޑުއެހުން ތާވަލުކޮށްފައި އޮތީ 11.00ގައި ބޭއްވުމަށެވެ. ޝަރީއަތް ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ނުބުނެ އެވެ. ނަމަވެސް، އެ މަނިކުފާނު އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.
ރައީސް މައުމޫނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބޭއްވި އަޑުއެހުމުގައި ވަކީލަކު އައްޔަން ކުރަން ވަނީ ފުރުސަތު ދީފަ އެވެ.
ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި މައުމޫނުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލާފައިވާއިރު އޭގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާ ހަމައަށްގޮސްފައެވެ. އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންވިދާނެ ދައުވާއެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. ރައީސް މައުމޫނު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ފަހެއް ފެބްރުއަރީގައެވެ.