ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 08:20
އާސިމް އދގައި ތަޤްރީރު ކުރައްވަނީ
އާސިމް އދގައި ތަޤްރީރު ކުރައްވަނީ
ފޮރިން މިނިސްޓްރީ
އޯއައިސީ
އޯއައިސީ މިނިސްޓަރުންގެ ބައްދަލުވުމަށް އާސިމް ފުރާވަޑައިގެންފި
ބައްދަލުވުން އޮންނާނީ ޑާކާގައި މިމަހުގެ 4އިން 6 އަށް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު މުހައްމަދު އާސިމް ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ 45 ވަނަ ބައްދަލުވުން ކުރިއަށްދަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިމަހުގެ 4އިން 6 އަށެވެ. 

މި ބައްދަލުވުމުގެ ކުރިން އޯއައިސީގެ އަމީންއާއްމު ޔޫސުފް ބިން އަހުމަދު އަލް އުތައިމީން ރާއްޖެއަށް ވަނީ ވަޑައިގެންފައެވެ. 

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް