ކ. މާލެ
|
2 މެއި 2018 | ބުދަ 19:35
މިނިސްޓަރ ސައީދު މާމިނގިލީ ބަނދަރު ހުޅުވައިދެއްވަނީ
މިނިސްޓަރ ސައީދު މާމިނގިލީ ބަނދަރު ހުޅުވައިދެއްވަނީ
އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީ
މާމިނގިލީގައި ޤާއިމްކުރި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ހުޅުވައިފި
ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު ވެރިޔަކީ ރައީސް ޔާމީން
ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަކީ ގައުމީ ވާޖިބެއް

މާމިނގިލީގައި ޤާއިމްކުރި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރު ހުޅުވައިފިއެވެ.

މިބަނދަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މާމިނގިލީގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދެވެ.

ބަނދަރު ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީނަކީ ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވި ނަމަވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު ވެރިޔާ ކަމަށާއި ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު އަދި ކެރޭ ވެރިއެއް ވެސް ދެން އަޅުގަނޑުމެންނަށް ފެންނަން ނެތް ކަމަށެވެ.

ސައީދު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދާއި އިގްތިސާދީ ސަރަހައްދު ބޮޑު ގައުމެއް ކަމަށާއި، ނަމަވެސް ފާއިތުވި 30 ވަރަކަށް އަހަރު ތެރޭ ވެރިކަން ކުރެއްވި ފަރާތްތަކުން މަސައްކަތް ކުރެއްވީ ރާއްޖެއަކީ ވަސީލަތްތައް ނެތް ގައުމެއްގެ ގޮތުގައި ކަމަށް ދައްކައިގެން ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަކީ ގައުމީ ވާޖިބެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ހިތުގައި ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގައުމުގެ ހައްގުގައި ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭން ޖެހޭ ކަމަށެވެ.

މި ސަރުކާރަކީ ރާއްޖެއަށް ދިމާވެފައިވާ ކޮންމެ މައްސަލައަކަށް ވެސް ހައްލު ހޯދައިދޭނެ ސަރުކާރެއް ކަމަށާއި ރައީސް ޔާމީނަކީ ވަކިކަހަލަ މަސައްކަތްތަކެއް ކުރައްވާ، ވަކިމަސައްކަތްތަކެއް ނުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މާމިގިލީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، އެ ބަނދަރުގައި އެންމެ ފުރަތަމަ ބަނދަރު ކުރި "ބޮންތި 2" ކިޔާ ބޯޓަށް ރަށުގެ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ވަނީ އަރުވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް