ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔެދެއްވާފައިވާ "އެއްބަސްވެވޭ އިންގިލާބް" ފޮތް އިފްތިތާފްކޮށްދެއްވާފިއެވެ.
ބުދަ ދުވަހު ހަވީރު މާފަންނު ދީފާމް އާގޭގައި ބޭއްވި ހަފްތާލާއެއްގައި މި ފޮތް އިފްތިތާފް ކޮށްދެއްވާފައި ވަނީ ސަންގު ނޫސް ނެރުނު އިރު ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތް ކުރައްވާފައިވާ އަހުމަދު އަލީ ނަސީރެއެވެ.
ފޮތް އިފްތިތާޙްކޮށްދެއްވުމަށް ފަހު އަހުމަދު އަލީ ނަސީރު ވިދާޅުވީ ލިޔުންތެރިންގެ ތެރެއިން ތާރީޙް ދިރާސާ ކުރާ ލިޔުންތެރިންނަކީ، މަގު ދައްކާއިދޭ ބައެއް ކަމުގައި ދެކޭ ކަމަށެވެ. މިޒަމާނުގައި ތާރީހަށް ބަލާ މީހުން މަދުކަން ފާހަގަކުރައްވަމުން އަހުމަދު އަލީ ނަސީރު ވިދާޅުވީ ތާރީހާށް ލޯބި ކުރާ މީހުންނަން ރައީސް ނަޝީދު ލިޔުއްވި "އެއްބަސްވެވޭ އިންގިލާބް" ފޮތުގެ ސަބަބުން އެތަކެއް މައުލޫމާތު ތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"އޭރު ވެސް އަޅުގަނޑަށް ފާހަގަކުރެވުނު، ތާރީހަށް އެނާ ހުންނަ އިންޓްރެސްޓް، އަޅާލުން އަދި ވަރަށް ގިނަ ދިރާސާ ކުރައްވާ އަދި ވަރަށް ގިނަ ސުވާލުތައް އުފައްދާ ބޭރުޅެއް މުހައްމަދު ނަޝީދަކީ" ނޫސްވެރިކިމުގައި ހަޔާތުގައި ރައީސް ނަޝީދާ އެކު ހޭދަކުރެއްވި ދުވަސްތަކުގެ ވާހަކަ ދައްކަވަމުން އަހުމަދު އަލީ ނަސީރު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ތާރީހާ ގުޅިފައިވާ މި ފޮތުގެ ބައެއް ލިޔުންތަށް މި ހަފްލާގައި, ރައީސް ނަޝީދު އާއިލީ ބޭފުޅެއްކަމަށްވާ ޒުހޭރާ ވަނީ ކިޔާދެއްވާފައެވެ.
ރާއްޖޭގެ ތާރީހާ ގުޅެގޮތުން ފޮތް ލިޔުންވާ އަދި ދިރާސާ ކުރައްވާ ބައެއް ބޭފުޅުން މި ހަފްލާގައި ބައިވެރިވަޑައިގަތެއެވެ. އެގޮތުން ތާރީހީ ގޮތުން އެތަކެއް ފޮތްކެއް ލިޔުންފާއިވާ މުހައްމަދު ވަހީދު (ނަދުވީ) ފަދަ ބޭފުޅުން ބައިވެރިވިއެވެ.
އެއްބަސްވެވޭ އިންގިލާބް މި ފޮތުގެ އަގަކީ 100 ރުފިޔާއެވެ. ބުދަ ދުވަހުގެ ރޭ 21:00 އިން ފެށިގެން ރަފީ ބުކްޝޮޕް، ޗާންދަލިއާ، އެމް ސެވަން، ރައުންޑް ވަން އަދި ރާދަ ބުކްޝޮޕްއިން ލިބެން ހުންނާނެ އެވެ.