ކ. މާލެ
|
2 މެއި 2018 | ބުދަ 19:16
ހުނަރު ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން
ހުނަރު ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއި ކުރުން
އަރުޝަމް އަބްދުލް ޢަޒީޒް
ރޯދަމަސް
ރޯދަމަހު ކުޑަކުދިންގެ ދީނީ ހުނަރު ޕްރޮގްރާމް ގެނެސްދިނުމަށް ރާއްޖެ ޓީވީއާއެކު އިއުފަވި އިން އެއްބަސްވެއްޖެ
މިފަހަރު ކުދިންތަށް ބައިވެރި ކުރަނީ އިއުފަވި ޖަމިއްޔާއިން

ރޯދަމަހަށް ޚާއްސަ ކުޑަކުދިންގެ ދީނީ 'ހުނަރު' ޕްރޮގްރާމް ގެނެސް ދިނުމަށް ރާއްޖެ ޓީވީއާއެކު" އިއުފަވި" އެއްބަސް ވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެ ޓީވީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އޯ.އޯ. ހުސެއިން ފިޔާޒު މޫސާ އަދި އިއުފަވި ފަރާތުން ސޮއި ކުރެއްވީ ޖަމިއްޔާގެ ރައީސް ސައުދުﷲ ހިލްމީއެވެ.

" ހުނަރު" ޕްރޮގްރާމަކީ ފާއިތުވި ތިން އަހަރު ކޮންމެ ރޯދަމަހަކު ވެސް ރާއްޖެ ޓީވީއިން ކުޑަކުދިންގެ ހުނަރުތައް ދައްކާލުމަށްޓަކައި ގެނެސްދެމުން އަންނަ ޕްރޮގްރާމެކެވެ. ފާއިތުވި ދިޔައަހަރުތަކުގައި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށް އޮތް ނަމަވެސް މި ރޯދަމަހު ހުނަރު ޕްރޮގްރާމްގައި ބައިވެރިވުމަށް މައިގަނޑު ގޮތެއްގައި ހަމަޖެހިފައިވަނީ ވަނީ އިއުފަވި ޖަމިއްޔާއާއި ގުޅުން ހުރި ގުރުއާން ކްލާސްތަކުގެ ކުދިންނަށެވެ.

ސޮއި ކުރެއްވުމަށް ފަހު މައުލޫމާތު ދެއްވަމުން ފިޔާޒް ވިދާޅުވީ ހުނަރު ޕްރޮގްރާމްގައި ބަންގި، މަދަހަ އަދި ގުރުއާން ކިޔެވުމުން ކަހަލަ ދީނީ ހުނަރުތައް ދައްކާލެވޭނެ  ކަމަށެވެ. އަދި ސައުދުﷲ ހިލްމީ ވިދާޅުވީ އެބޭފުޅުންގެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ރާއްޖެ ޓީވީ އަށް ލިބިގެން ދާނެ ކަމަށެވެ.

އިއުފަވިއަށް ގާތްގަނޑަކަށް ދިހަ އަހަރު ފުރިފައިވާއިރު އެ ޖަމިއްޔާގެ ދަށުން ދަނީ ގުރުއާން ކުލާސްތަކާއި ތަފާތު ކޯސްތައް ހިންގާ އިންސްޓިޓުޓް އެއްވެސް ހިންގަމުންނެވެ.

ރާއްޖެޓީވީ އާއި އިއުފަވި ބުނެފައިވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށް ހުނަރު ޕްރޮގްރާމް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި ކުރިމަގުގައިވެސް ތަފާތު މަސައްކަތްތައް އެކުގައި ކުރުމަށް އެދޭ ކަމަށެވެ.    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް