ކ. މާލެ
|
2 މެއި 2018 | ބުދަ 18:16
ޑރ ޖަމީލް: މިވަގުތު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން
ޑރ ޖަމީލް: މިވަގުތު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން
ގޫގުލް
ޑރ ޖަމީލްގެ ޓްވީޓް
ކިތައްމެ ބާރަށް ފައިޖެހިއަސް ޔާމީންގެ ހާލަތު ވަރަށް ސާފު:ޑރ ޖަމީލް
މިއަދު ބޭބެއެއްވެސް ނެތް
ހަމަ އެކަނި ބަރޯސާވަނީ ފަންޑިތަވެރިކަމާއި ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް މެޑަމްއަށް
މިއަނިޔާވެރިކަން ނިމެނީ

ކިތަންމެ ބާރަށް ފައި ޖެއްސެވި ނަމަވެސް ރައީސް ޔާމީންގެ ޙާލަތު ވަރަށް ސާފު ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަން ގެންނެވުމުގައި އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމުގައި ގިނަބަޔަކު ޤަބޫލް ކުރައްވާ ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކިތަންމެ ބާރަށް ފައި ޖެހިއަސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ހާލަތު ވަރަށް ސާފު ކަމަށާއި އެކުގައި އެކަކު ވެސް ނެތް" ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވެފައިވަނީ ބޭބެ ނެތް ކަމަށާއި ކޯލިޝަން ނެތް ކަމަށާއި މެންބަރުން ގެއްލިއްޖެ ކަމަށެވެ. އަދި އީޔޫއާއި ކޮމަންވެލްތާއި އިންޑިއާވެސް ނެތް ކަމަށެވެ.

މީގެ އިތުރުން މިއަދު ތިޔަ ބަރޯސާވަނީ ފަންޑިތަވެރިކަމާއި ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް މެޑަމްއަށް ކަމަށް ޑރ ޖަމީލް ވިދާޅުވެފައެވެ. އަދި މިއަނިޔާވެރިކަން ނިމެނީކަމަށް ވެސް ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް