ކ. މާލެ
|
2 މެއި 2018 | ބުދަ 16:53
ކުރީގެ ސީޕީ އަރީފް (ވ) އަދި ކުރީގެ ޑީސީޕީ ސައުދީ (ކ)ގައި
ކުރީގެ ސީޕީ އަރީފް (ވ) އަދި ކުރީގެ ޑީސީޕީ ސައުދީ (ކ)ގައި
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓު އަމުރު
ސީޕީ އަރީފުއާމެދު ޝައްކު ކުރެވޭ ކަމަށް ރައީސް ޔާމީންއަށް ގުޅާފަ ބުނިން: ކުރީގެ ޑީސީޕީ ސައުދީ
އަރީފް ވަނީ ކުއްލި ގޮތަކަށް މަގާމުތަކަށްވެސް ބަދަލު ގެންނަވާފައި
ޝައްކުވާން ފެށީ ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރު ތަންފީޒު ކުރަން ދެކޮޅުކަން އެނގުމުން
ސުޕްރީމް ކޯޓުގެ އަމުރުގައިވާ މީހުން ދޫކޮށްލަން އުޅުމުން ހުއްޓުވިން: ސައުދީ

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް މަސައްކަތް ކުރައްވާފައިވާ ކަމަށާއި އެފަދަ އަމުރަކަށް އަހުމަދު އަރީފް ތައްޔާރުވެވަޑައިގަންނަވާފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަރ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

އެކެއް ފެބަރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ކުރީގެ ސީޕީ އަރީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ބައެއް ފަރާތްތަށް ހައްޔަރުކޮށް، ތަހުގީގު ހިންގުމަށް ފަހު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަށް ފަށާފައިވާއިރު، އެމައްސަލައާ ގުޅިގެން ތަހުގީގުން ނަގާފައިވާ ބައެއް ބަޔާން ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އޭގެތެރެއިން ކުރީގެ ޑެޕިއުޓީ ސީޕީ ސައުދީ ވެސް ވަނީ ވަރަށް ދިގު ބަޔާނެއް ދެއްވާފަ އެވެ.

އެބަޔާނުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސީޕީ އަރީފާމެދު ޝައްކު އުފެދެންފެށި ހިސާބަކީ މިދިއަ ޖެނުއަރީ މަހުގެ27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމަށް ކްރމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އަރީފް ދެކޮޅު ހެއްދެވި ހިސާބުން ކަމަށެވެ.

ފާރިސް ހައްޔަރު ކުރުމަށް އަރީފް ދެކޮޅު ހައްދަވާކަން ހޯމް މިނިސްޓަރު އަހުމަދު އަޒްލީންއަށް އެނގިވަޑައިގެން އަރީފާއި ސައުދީއާ ދެބޭފުޅުންނާ ބައްދަލުކުރައްވާ، ފާރިސްގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަވާނީ ސީދާ ސައުދީގެ ބެއްލުމުގެ ދަށުންކަމަށާއި ފާރިސް މައްސަލާގައި ހިމެނޭ އިންޓެލިޖެންސް މައުލޫމާތުތައް ފޯރުކޮށްދެންޖެހޭނީ ސައުދީއަށް ކަމަށް ވެސް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް އެންގުމަށް އަޒްލީން އެންގެވިކަމަށް ސައުދީ ދެއްވާފައިވާ ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެބަޔާނުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ އަމުރެއް ނެރެފައިވާ ކަމަށް ބުނެ، ހައްދަވާނެ ގޮތަކާމެދު ސައުދީ ކޮމިޝަނަރުގެ އޮފީހަށް ގެންނަވާ ސުވާލު ކުރެއްވި ކަމަށާއި އެސުވާލާއި ގުޅިގެން "ސުޕްރީމް ކޯޓުގެ އަމުރަށް ޖެހޭނެއޭ އިހުތިރާމް ކުރަން" ވިދާޅުވި ނަމަވެސް އެ އަމުރުގައި ފުލުހުން ތަންފީޒު ކުރަންޖެހޭ ކަންކަން ކުރުމަށް އޭނާ ތައްޔާރަށް ހުރިކަން ނޫން އަންގައިދޭ ކަމެއް ނޫން ކަމަށް ވެސް ސައުދީގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ހަމައެވަގުތު ސީޕީ ރޫމްގެ ބޭރުގައި އިންނަވަނިކޮށް، މިހާރު ފުލުހުންގެ ތަރުޖަމާނަށް ހުންނަވާ އަހުމަދު ޝިފާންގެ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަވަމުން ދޫނިދޫ ކަސްޓޯޑިއަލްގައި ތިބި މީހުގެ ތެރެއިން ސުޕްރީމް ކޯޓުން ނެރެފައިވާ ނެރެފައިވާ އަމުރުގައި ދުކޮށްލުމަށް ބަޔާންކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ބެލުމުގެ ދަށުގައިތިބި މީހުން ދޫކޮށްލާށޭ ބުނިއަޑު އިވުނު ކަމަށް ވެސް ސައުދީގެ ބަޔާނުގައި ވެއެވެ.

ސައުދީގެ ބަޔާނުގައިވާ ގޮތުން ދޫނިދޫގައި ތިބި މީހުން ދޫނުކޮށް ހިފެހެއްޓީ އޭނާ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް ސީޕީ އަރީފަށް ދެންނެވި ކަމަށާއި އޭގެ ފަހުން ސިފައިން މައި އިދާރާ ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރީފް މަގާމުން ވަކިކޮށް، އޭނާގެ ޒިންމާގެ ދަށުން ފުލުހުންގެ އިދާރާ ހިނގަމުންދިއައިރު، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި އަމަލު ކުރަމުންދާނީ އެޓާރނީ ޖެނެރަލާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ނިންމާފައިވާ ކަމަށް ސައުދީގެ ބަޔާނުގައި ވެއެވެ.

މިބަޔާނުގައި ކުއްލި ގޮތަކަށް ފުލުހުންގެ އެކިއެކި މަގާމުތަކަށް ބަދަލުތަކެއް އަރީފް ގެންނެވި ކަމަށްވެސް ސައުދީ ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް