ކ. މާލެ
|
2 މެއި 2018 | ބުދަ 12:12
ފުލުހުންގެ ތަރުޖަމާން ޝިފާން
ފުލުހުންގެ ތަރުޖަމާން ޝިފާން
ރާއްޖެ އެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
ތަހްގީގީ ބަޔާންތައް ލީކްކޮށްލީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުން، މިއީ ސީރިއަސް މައްސަލައެއް: ޕޮލިސް
ފުލުހުންގެ އިސްވެރިންނާއި ފަނޑިޔާރުންނާއި ބައެއް އާންމުންގެ ބަޔާންތައް ލީކްވެފައިވޭ

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރި އިރު އެކި ފަރާތްތަކުން ފުލުހުންނަށް ދީފައިވާ ބަޔާންތަކެއް ލީކް ކޮށްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ. 

"ސިއްރު" ޖަހާފައިވާ ބަޔާންތައް ރޭގެ ވަގުތެއްގައި ޓްވިޓާގައި ދައުރުވަމުން ގޮސްފައިވާ އިރު ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ މިއީ ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށެވެ. 

ލީކް ވެފައިވާ ލިޔުންތަކުގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި ފަނޑިޔާރުންނާއި ބައެއް އާންމުންގެ ބަޔާންތައް ކަމަށް ބުނާ ލިޔުންތައް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ހައްޔަރުކޮށްފައިވާ އެސްއޯގެ ކުރީގެ ބައެއް ފުލުހުންނާ ދެކޮޅަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އާއި ޕޮލިސް ސާޖެންޓް މުހައްމަދު ޝާހީން އާއި ޗީފް އިންސްޕެކްޓާ މުހައްމަދު ނިޔާޒް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓްގެ ދަށުން ހިންގަމުންދާ ޝިއަރާ ސްކޮޑްގައި މަސައްކަތްކުރާ ޕޮލިސް ސާޖަންޓް މުހައްމަދު އާސިފް ދީފައިވާ ކަމަށް ބުނާ ބަޔާންތަކެއް ހިމެނެއެވ

މީގެ އިތުރުން ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އާދަމް އާރިފް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހަލީމް ދެއްވާފައިވާ ކަމަށް ބުނާ ބަޔާނަކާއި ގާނޫނީ ސަރުކާރު ޣައިރު ގާނޫނީ ގޮތެއްގައި ވައްޓާލަން މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް އާންމުންގެ މީހަކު ދީފައިވާ ބަޔާނަކާއި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު ޒައިދުލް އަމީން ދީފައިވާ ބަޔާނެއް ކަމަށް ބުނާ ލިޔުންތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 މެއި 2018 | ބުދަ 08:10
ޑޮކްޓާރ ޒަންޖަބީލް
ފޫގޮސްފަ އޮތްތަނަކުން ލީކުވުން ނޫންކަމެއް ނުވާނެ، ފެބުރުވަރީ 7 ފަހު ތިތަން ތިޔައޮތީ ޕްރޮފެޝަނަލްކަން ގެއްލިފަ. އެކަން އިޔާދަކުރެވޭނީ އެ ކުށުގާ ޝީމިލްވާ އެންމެންނަށް ހަރުކަށި އަދަބު ދީގެން. ވަރަށް ސަލާމް