ކ. މާލެ
|
1 މެއި 2018 | އަންގާރަ 23:41
ޕީޕީއެމްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމްގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީން 2018
ބަންދުގައި ތިބި ބޭފުޅުން ގޭ ބަންދަށް ބަދަލުކުރުމަކީ ކޯޓަށް ކުރެއްވޭނެ ކަމެއް ނޫން: ރައީސް ޔާމީން
ކުށުން ބަރީއަކުރުމަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުންނާއި، އެ ފަރާތުގެ ވަކީލުން ކުރައްވަންޖެހޭ ކަމެއް
ބަންދުގައި ތިބި މީހުން ބަންދުގައި ތިބީ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ
ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ނުކުރާނަން

މިވަގުތު ޖަލުގައި ތިއްބެވި ފަރާތްތައް ގޭ ބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެ ފަރާތްތައް ޖަލުގައި ތިއްބެވީ ހެއްކަށް ނުފޫޒް ފޯރުވަތީކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. 

ޕީޕީއެމުން އެ ޕާޓީގެ ޖަގަހަ، ރުމާލު 2 ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ބޭބޭފުޅުން ގޭ ބަންދަށް ބަދަލުނުކޮށްގެން އުޅެނީ ކީއްވެތޯ ބައެެއް ފަރާތްތަކުން ސުވާލުކުރާކަމަށާއި، އެ ސުވާލުގެ ޖަވާބު ދެއްވަން އެމަނިކުފާނުގެ މައްޗަށް ލާޒިމް ކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށްވުން ކަމަށެވެ. 

ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ކުށުން ބަރީއަކުރުމަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތުންނާއި، އެ ފަރާތުގެ ވަކީލުން ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަކީލުން ކުރައްވަންޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ބަންދުގައި ތިބި މީހުން ތިބީ ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ ކަމަށެވެ. 

އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ ކުށުން ބަރީއަވުމަށް އެ މީހެއްގެ ފޯނު ދިނުމަށް އިންކާރުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރަށް އިޝާރަތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްސަލައެއް ބަލާއިރު، އެމަނިކުފާނުވެސް ފޯނު ދިނުމަށް އެއްބަސް ނުވާކަމަށެވެ. 

"ދިވެހި ރާއްޖޭގެ ޤާނުނު އަސާސީގައި ބުނާ ވާހަކައެއް، އާންްމު ޤާނޫނެއްގައެއްވެސް ނޫން ޤާނޫނު އަސާސީގައި ބުނާ ވާހަކައެއް އެއީ މީހަކު ކުރާ ކުށެއްގެ ހެކި ނައްތާލާފާނެކަމަށް ޤަބޫލުކުރެވެންޏާ، ނޫނީ ހެކި ފޮރުވަފާނެކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ އެ މީހަކު ހައްޔަރުކުރެވޭނެ. އެ މީހަކު ހައްޔަރުކުރުމުގެ އިހުތިޔާރު އެބައޮވޭ. އެހެންވީމައި ހެކި ނައްތާލުމަކީ މި ދެންނެވި ކަހަލަ ކަމެއް. މުޅި މައްސަލަ ފޮރުވާލުން ކަހަލަ ކަމެއް. މުޅި މައްސަލައަށް ފަސްއަޅާ ފޮރުވާލުން އެއީ"

"އެހެންވީމައި ހެކި ނައްތާލަން، ހެކި ފޮރުވަން މި ބޭފުޅުން ކަނޑައެޅިގެން މަސައްކަތް ކުރައްވާކަމަށްވަންޏާ ކޯޓަކުން ވިދާޅެއް ނުވޭނެ ދެން ގެޔަށް ބަދަލުކުރެވިދާނެއޭ. އެއީކީ ރައީސް ޔާމީން އަންގައިގެން ކުރާކަމެއް ނޫން."

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ޤާނޫނުގެ ހުކޫމަތުގެ ބާރު ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ގޮވާލާކަމަށެވެ. އަދި ޤާނޫނުގެ ހުކޫމަތުގެ ބާރު ދަމަހައްޓަންޖެހޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، ނަމަވެސް އެފަރާތްތަކުން އެ ވާހަކަ ދައްކަނީ ޤާނޫނުގެ ހުކޫމަތުގެ ކޮން އަސާސެއް މުގުރާލައިގެން އުޅޭތީކަމެއް ސާފުވެވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެއްވެސް މީހަކު ޖަލަށްދިޔައީ ހޯމް މިނިސްޓްރީން ކުރި އަމުރަކާއި ގުޅިގެން ނޫން ކަމަށާއި، އަދި ފުލުހުން ފޮނުވި ޗިޓަކާއި ގުޅިގެންވެސް ނޫން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
3 މެއި 2018 | ބުރާސްފަތި 06:51
ފަސީ
އެއީ ދެން ކޮންބަޔަކު ކުރާ ކަމެއްބާ؟ ގާނޫނު އަސާސީގައި އޮތީ ހަމައެކަނި އެކަމެއްނޫނެއްނު. ރައްޔިތުންގެ މަޖްލިސްއިން ރައްޔިތުންނާގުޅޭ ކަންކަމުގައި ގޮތްނިންމުމަށް ވަކި ކޯރަމްއެއްއޮންނަންޖެހޭ ކަމަށްވެސް ގާނޫނު އަސާސީގައި އޮވޭ.
2 މެއި 2018 | ބުދަ 02:27
ޢަބްދުއްރަޝީދު
ކޯޓުންހަދަންޖެހެނީ ތިމާބުނާގޮތެއްކަމަށް ބުނުމުން ކޯޓުތަކަންއަތްބާނާކަމަށް މިވެވެނީ އިޢުތިރާފެއް ނޫންބާ؟