ކ. މާލެ
|
1 މެއި 2018 | އަންގާރަ 16:52
ޑރ އިޔާޒް: ދީނުގެ ކަންކަން ހާމަކަން ބޮޑުގޮތެއްގައި ވިދާޅުވޭ
ޑރ އިޔާޒް: ދީނުގެ ކަންކަން ހާމަކަން ބޮޑުގޮތެއްގައި ވިދާޅުވޭ
ރާއްޖެއެމްވީ
ޑރ އިޔާޒް
ހައްޖު ގުރޫޕްތަކުން އިތުރަށް ނަގާ ފައިސާ ޙަރާމްވާނެ: ޑރ އިޔާޒް
އިތުރަށް ފައިސާ ނުދިނުމަށް ވަނީ ގޮވާލައްވާފައި
އެފަދަ ކަންކަމުން ހައްޖުގެ އަޅުކަން ހަރާބުކޮށް ނުލައްވާ

ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް ގުރޫޕުތަކުން ނަގާ ފައިސާ ހަރާމްވާނެ ކަމަށް ދީނީ އިލުމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައްޖަށް ގެންދިއުމަށް ހުއްދަ ލިބިފައިވާ ކުންފުނިތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުއްދަ ދެއްވާފައިވާ އަގަށްވުރެ އިތުރަށް، ފައިސާ ބަލައިގެންކަމުގެ ރަސީދު ދިނުމެއްނެތި ނަގާ ފައިސާއަކީ ޙަރާމް އެއްޗެއް ކަމަށެވެ.

އެފަދައިން ގުރޫޕުތަކަށް ފައިސާ ނުދިނުމަށް ގޮވާލައްވާ ކަމަށެވެ. އަދި ހައްޖުގެ އަޅުކަން އެފަދަ މުޑުދާރު އަމަލުތަކުން ހަރާބުކޮށް ނުލުމަށް ވެސް ޑރ.އިޔާޒު ގޮވާލައްވާފައިވެއެވެ.

ކޮންމެ އަހަރަކު ވެސް ހައްޖަށް މީހުން ގެންދިއުމަށް ކޯޓާ ދޭނެ ގުރޫޕުތައް ކަނޑައަޅާ އިރު ގުރޫޕުތަކުން ހުށަހަޅާ ޕްރޮޕޯސަލުތަކުގައި އެ ގުރޫޕަކުން ނަގާނެ އަގު ބަޔާން ކުރަން ޖެހޭނެއެވެ. އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އަގަކީ 69،970 ރުފިޔާއެވެ.

ކޮންމެ އަހަރަކުވެސް ދެ ހާހެއްހާ މީހުން ރާއްޖެއިން ހައްޖަށްދާ އިރު ޖާގަ ލިބޭނެކަން ޔަގީން ކުރުމަށާއި އެހެނިހެން ގޮތްގޮތުން ގުރޫޕުތަކުން ހައްޖަށްދާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ ކަމަށް ވާހަކަ ދެކެވެމުންދެއެވެ. ނަމަވެސް އެފަދަ މައްސަލައެއް ކޯޓަކަށް ހުށަހެޅި އެފަދަ ކަމެއް ސާބިތުވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް