ކ. މާލެ
|
1 މެއި 2018 | އަންގާރަ 14:38
ކެބިނެޓް ބައްދަލުވުން
ކެބިނެޓް ބައްދަލުވުން
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
ވަޒީރުންގެ މަޖިލިސް ވެސް ނުބާއްވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް!
އެންމެ ފަހުން ކެބިނެޓް ބޭއްވީ ފެބްރުއަރީ 8ގައި
ސަބަބެއް ރައީސް އޮފީހަކުން ނުބުނި
ކެބިނެޓް ނުބާއްވާއިރު، މަޖިލިސް ވެސް އޮތީ ހުއްޓުވާފައި

ސަރުކާރުން ރައްޔިތުންގެ މަޖިލިސް ހިސޯރަކޮށް ޖަލްސާތައް ހުއްޓުވާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް ވެސް ނުބާއްވާތާ ދެ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީއާ ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދެއްވައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން ކެބިނެޓް ބައްދަލުވުމެއް ބާއްވާފައި ވަނީ ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން، އެކަމުގެ މައުލުމާތު ވަޒީރުންނަށް ދެއްވުމަށެވެ. މީގެ 69 ދުވަސް ކުރިން ބޭއްވި އެ ބައްދަލުވުމަށް ފަހު، ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަން ރައީސް އޮފީހުގެ ވެބްސައިޓުން ވެސް އެނގޭކަށް ނެތެވެ.

ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރުންނާ އެކު މަޝްވަރާ ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެމަނިކުފާނަކީ މަޝްވަރާކޮށްގެން ކަންކަން ނިންމަވާ ބޭފުޅެއް ނޫން ކަމަށް މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރިން ވިދާޅުވެފައި ވެއެވެ. ޑރ. ޖަމީލު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީން ރައީސް އޮފީހަށް ވަޑައިގަންނަ ވަނީ ރަސްމީ ގަޑި ނިމެން ކައިރިވުމުން ކަމަށާއި އެމަނިކުފާނަކީ މަޝްވަރާކޮށްގެން ކަންކަން ކުރެއްވުމުގެ ބަދަލުގައި އަމިއްލަފުޅަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންކަން ކުރައްވާ ބެފުޅެއް ކަމަށެވެ.

ވަޒީރުންގެ މަޝްވަރާތަކަށް ކެބިނެޓް ބައްދަލުވުން ނުބާއްވާއިރު، ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން ހިމެނޭ ރައްޔިތުންގެ މަޖިލިސް ސަރުކާރުން ވަނީ ހިސޯރަކޮށްފައެވެ. ސިފައިންގެ ބާރުގެ ދަށުގައި އޮތް މަޖިލީހަށް ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވެސް ވައްދަނީ ބަލައިފާސްކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
1 މެއި 2018 | އަންގާރަ 09:40
Heyo
Behey kameh noon beynun echcheh hadhaanee