ކ. މާލެ
|
1 މެއި 2018 | އަންގާރަ 12:28
މަސްމާރުކޭޓް (ފައިލް ފޮޓޯ)
މަސްމާރުކޭޓް (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
މަސްމާރުކޭޓް
މަސްމާރުކޭޓް ސަރަހައްދުގައި ހުއްދަ ނެތް ފަރާތްތަކުން މަސް ކެނޑުން މާނާކޮށްފި
މިއަދުން ފެށިގެން މަސް ކަނޑަން ހާއްސަކޮށްފައިވާތަން ނޫން ތަނެއްގައި މަހެއް ނުކެނޑޭނެ

މާލޭގެ މަސް މާރުކާޓް ހިމެނޭ ސަރަހައްދުގައި އެކިއެކި ފަރާތްތަކުން މަސްކަނޑަމުންދާތީ އެކަން އަންގަރާ ދުވަހުން ފެށިގެން މަނާކޮށްފިއެވެ.

މަސް މާރުކޭޓްގައި ހަރުކޮށްފައިވާ އިއުލާނެއްގައި ވަނީ މެއި މަހުގެ އެކަކުން ފެށިގެން މާލޭގެ ރޯމަސް މާރުކޭޓް ހިމެނޭ އެއްވެސް ސަރަހައްދެއްގައި، މަސް ކަނޑައިގެން ނުވަތަ ބުރިކޮށްގެން މަސް ވިއްކުމަކީ މަނާ ކަމެއް ކަަމަށެވެ.

އެކަން އަންގާފައި ވަނީ މާލޭ ރޯމަސް މާރުކޭޓް ބަލަހައްޓަމުންދާ އޯޝަން އެމްޕަވަރ އިންޓަރނޭޝަނަލް ކިޔާ ކުންފުންޏަކުންނެވެ. 

އޭގައިވާ ގޮތުން ރޯމަސް މާރުކޭޓް ހިމެނޭ އެއްވެސް ސަރަހައްދެއްގައި، މަސް ކަނޑައިގެން ނުވަތަ ބުރިކޮށްގެން މަސް ވިއްކުމަކީ މަނާ ކަމެއް ކަމުގައި ހަމަޖައްސާފައި ވަނީ ހެލްތު މިނިސްޓްރީ އެކަން މަނާކޮށް އެކުންފުންޏަށް އަންގާފައިވާތީއެވެ. 

މާލޭގެ ރޯމަސް މާރުކޭޓްގައި މަސްކަނޑާ ހާއްސަ ތަނެއް ހުރެއެވެ. އަގު ނަގައިގެން އެތަނުން މަސް ކަނޑަމުންދާއިރު، ބައެއް މަސްވެރިން ނުވަތަ ރޯމަސް ވިއްކާ ބައެއް ފަރާތްތަކުން މަސް ކެނޑުމަށް ހާއްސަކޮށްފައިވާ ތަން ނޫން މާރުކޭޓް ހިމެނޭ ސަރަހައްތުތަކުގައި މަސްކަނޑައި ނުވަތަ ބުރިކޮށްގެން ވިއްކައެވެ. ހާއްސަކޮށް ފަރުމަސް ވިއްކާ ފަރާތްތަކުން މިގޮތަށް އަމަލުކުރަމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ރޯމަސް މާރުކޭޓް ހިމެނޭ ސަރަހައްދުގެ ސާފުތާހިރުކަން ވަރަށް ބޮޑަށް ގެއްލެމުންދާކަން ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 މެއި 2018 | ބުދަ 03:39
އެޑަމް
މަސް ކަނޑަން ވަކި ހުުއްދައެއް ނަގަން ޖެހިފަ. ހުނި ގާނަން ވަކި ހުއްދައެއް ނަގަން ޖެހިފަ. ކައްކަން ވަކި ހުއްދައެއް ނަގަންޖެހިފަ. ކާން ވަކި ހުއްދައެއް ނަގަން ޖެހި އެހުއްދަ ނެތް މީހަކަށް އެކަން ނުކުރެވެންޏާ އެއީ ޤައުމު ތަރައްޤީވީ....