ކ. މާލެ
|
1 މެއި 2018 | އަންގާރަ 05:13
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ޝަރުއީ ދައިރާ
ދެ ކޯޓަކަށް އައްޔަނުކުރި ފަނޑިޔާރުން ހުވާކުރައްވައިފި
ހުވާކުރެއްވީ ސިވިލްކޯޓުގެ ދެ ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރުން

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓްގެ ފަނޑިޔާރުކަމަށް އަލަށް އައްޔަނުކުރި ހަތަރު ބޭފުޅަކު އެބޭފުޅުންގެ މަޤާމުގެ ހުވާ ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުވާކުރެއްވީ ސިވިލް ކޯޓްގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވާ، ގދ. ފަރެސްމާތޮޑާ މުޝްތަރީގޭ، އަލްއުސްތާޛާ ހާފިޒާ ޢަބްދުއްޞައްތާރާއި ގދ. ތިނަދޫ ޒެނިތު، އަލްއުސްތާޛު ޙުސެއިން ފާއިޒް ރަޝާދުގެ އިތުރުން، ކްރިމިނަލް ކޯޓްގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވާ، ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ގއ. ވިލިނގިލީ، ފްރެޝް އަލްއުސްތާޛު ޙަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް އަލްއުސްތާޛު އިސްމާޢީލް ރަޝީދެވެ.

ކޯޓްތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. އަދި އަލަށް ހުވާ ކުރެއްވި ފަނޑިޔާރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.

މި ބޭފުޅުން އެ މަޤާމުތަކަށް އައްޔަން ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް 25 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް