ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 22:23
ތުޅާދޫ ރައްޔިތުންގެ ބަޔަކު ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ލިޔެލާ ޖެހި ހަދިޔާ ދެނީ
ތުޅާދޫ ރައްޔިތުންގެ ބަޔަކު ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ލިޔެލާ ޖެހި ހަދިޔާ ދެނީ
ރާއްޖެއެމްވީ
ބ ތުޅާދޫ
ތުޅާދޫ ކައުންސިލުން ލިޔެލާ ޖަހަން ދަސްކޮށްދެނީ
މިކަމަށް 1 ލައްކަ ރުފިޔާ ނަގާނެ
އެއް މަސްދުވަހަށް ހިންގާ މިކޯހުގައި ބުރެއްގައި 30 މީހުންނަށް ކިޔަވައިދޭނެ
ކޯސް ހިންގަނީ އެދޭ ރަށްރަށަށް ގޮސްގެން

ރާއްޖޭގެ ގިނަ ބަޔަކަށް ލިޔެލާ ޖަހަން ދަސްކޮށްދިނުމަށް ބ. ތުޅާދޫ ކައުންސިލުން ނިންމައިފި އެވެ

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ  ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ ލިޔެލާ ޖަހަން ދަސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށަހަޅާ ރަށްރަށަށް ކައުންސިލުން މެޝިނާއި މީހުން ފޮނުވައިގެން ކަމަށެވެ.

ރަޝީދު  ވިދާޅުވީ ތުޅާދޫ ކައުންސިލަށް އެދުމުން 30 މީހުންނަށް އެއްމަސް ދުވަހަސް ހިންގާ މި ކޯހަށް ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެފީއަކީ އިންސްޓްރަކްޓަރުން ރަށަުން ބޭރަށް ގޮސް އެކަން ކުރާއިރު އެމީހުންނަށް ދޭ މުސާރަ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަހުމަދު ރަޝީދު ވިދާޅުވީ ލިޔެލާ ޖަހަން ބޭނުންވާ ލަކުޑިއާއި ލާ ހޯދުމާއި އިންސްޓްރަކްޓަރުން ގެންދިއުމާއި ގެނައުން އަދި ބައިތިއްބުމާއި ކެއިންބުއިމުގެ ކަންކަމަކީ ވެސް އެކަމަށް އެދޭ ފަރާތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ލިޔެލާ ޖެހުމުގެ މެޝިނަރީއާއި ކީހާއި ރޮންދާ ފަދަ ހުރިހާ އިކުއިޕްމެންޓް ފޯރު ކޮށްދޭނީ ކައުންސިލުން ކަމަށާއި އެކަމަށްޓަކައި ލިޔެލާ ޖަހާ 10 މެޝިން ގެންދާނެ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކޯސް ނިމޭއިރު ބައިވެރިންނަށް އަމިއްލައަށް ލިޔެލާ ޖެހުމުގެ މަސައްކަތް ކުރަން އެނގޭވަރަށް ދަސްކޮށްދޭނެ ކަމަށް ވިދާޅުވަމުން ރަޝީދު ވިދާޅުވީ އެމީހަކަށް ލިޔެލާ ޖަހަން އެނގޭނެ ކަމަށް ކައުންސިލުން ލިޔުމެއް ވެސް ދޭނެ ކަމަށެވެ.

ލިޔެލާ ޖަހަން ދަސްކޮށް ދިނުމުގެ ވާހަކަ ނުރަސްމީކޮށް ގިނަ ބަޔަކު ދައްކަމުންދާއިރު މ އަތޮޅުން މިހާރު ވަނީ އެކަންކޮށްދިނުމަށް ރަސްމީކޮށް އެދިފައި ކަމަށް ރަޝީދު ވިދާޅުވިއެވެ.

ތުޅާދޫގެ 30 އަކަށް އާއިލާ އިން މިހާރު ވެސް އާމްދަނީ ހޯދުމަށްޓަކައި ލިޔެލާ ޖެހުމުގެ މަސައްކަތް ކުރެ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އެމަސައްކަތުން އެކަން ކުރާ ބަޔަކަށް 30 ހާހާއި 50 ހާހާ ދެމެދުގެ އަދަދެއްގެ ފައިސާ ކޮންމެ މަހަކުވެސް ލިބޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް