ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 22:02
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕަރޭޝަން
އައު ބިލިންގ ސޮފްޓްވެއަރއެއް ފެނަކަ އިން އިފްތިތާހުކޮށްފި
މި ސޮފްޓްވެއަރ ޑިވޮލަޕްކޮށްފައިވަނީ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަތޮޅު ތެރޭގައި ދެމުންގެންދާ ކަރަންޓް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހިންގަމުންގެންދާ ޚާއްސަ މަސްރޫޢުގެ ދަށުން ފެނަކައިގައި މިހާތަނަށް ބޭނުން ކުރުމުން އައި ބިލިންގް ސޮފްޓްވެއަރގެ ބަދަލުގައި  އައު އޮންލައިން ބިލިންގ ސޮފްޓްވެއަރއެއް ޑިވަލޮޕްކޮށް އެ ސޮފްޓްވެއަރ އިފްތިތާހްކޮށްފިއެވެ.

މިއަދު ޝީ ބިލްޑިންގްގެ ޖަލްސާ ކުރާ މާލަމުގައި  ބޭއްވި މި ހަފްލާގައި މި ސޮފްޓްވެއަރ އިފްތިތާހް ކޮށްދެއްވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާންއެވެ.

މި ހަފްލާގައި  އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ސޮފްޓްވެއަރ ތައާރަފު ވެގެންދިޔުމަކީ ފެނަކައިގެ ހަޔާތުގައި ވަރަށް ބޮޑު ކާމިޔާބެއް ހާސިލް ކުރެވުނު ދުވަހެއްކަމަށާއި މި ބިލިންގ ސިސްޓަމްގެ ސަބަބުން އެތައް ގޮތަކުން ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.

މި ސޮފްޓްވެއަރ ޑިވޮލަޕްކޮށްފައިވަނީ ޝްވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާން ވިދާޅުވީ ޤާއިމްކުރެވުނު ނިޒާމްގެ ސަބަބުން ހިސާބު ކިތާބު ބެލެހެއްޓުމުގައި ވަރަށް ބޮޑު ލުއި ފަސޭހައަކާއި ޔަޤީންކަމެއް ލިބިގެންދާނެ ކަމަށެވެ.

މި ސޮފްޓްވެއަރގެ ސަބަބުން ހުރިހާ ބްރާންޗުތަކާއި ހެޑް އޮފީސް އެއް ނިޒާމެއްގެ ތެރެއަށް ލެވި އެއް ސިސްޓަމަކުން ފެނާއި ކަރަންޓު ފަދަ ހުރިހާ ހިދުމަތެއް ދެވޭނެއެވެ. އަދި  ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލްއަކާއި އޮންލައިންކޮށް ބިލުގެ ތަފްސީލު ބަލާލުމުގެ ފުރުސަތާއި ކަސްޓަމަރުންނަށް ބޭނުންވާ އެންމެހައި މައުލޫމާތާއި ފައިސާ ދެއްކޭނޭ ގޮތާއި ކަސްޓަމަރުންނަށް ހާއްސަ މޮބައިލް ފޯން އެޕެއް މި ސޮފްޓްވެއަރ ގައިހިމެނެއެވެ.                                                            

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް