ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 17:53
ކަލާފާން ސްކޫލް: ދަރިވަރަކު ވަނީ ޒަޚަމްވެފައި
ކަލާފާން ސްކޫލް: ދަރިވަރަކު ވަނީ ޒަޚަމްވެފައި
ގޫގުލް
ކަލާފާން ސްކޫލް
ބިއްލޫރި ދޮރެއް ތަޅައިގެންގޮސް ކަލާފާނު ކުއްޖަކު ޒަޚަމް ވެއްޖެ
އެހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު
ދަރިވަރުގެ ހާލު މިހާރު ރަނގަޅު

ބިއްލޫރި ދޮރެއް ތަޅައިގެންގޮސް ކަލާފާނު ސްކޫލުގެ ދަރިވަރަކު ޒަޚަމްވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި  އެ ހާދިސާ ހިނގީ ހުރާގައި އޮތް ކޭމްޕެއްގައި ދަރިވަރު ބައިވެރިވުމަށް ފަހު އެނބުރި އައިސް ސްކޫލަށް ތަކެތި ވައްދަން އުޅުމުގެ ތެރޭގައެވެ. އަދި އޭރު އެކުއްޖާގެ ބެލެނިވެރިޔާ ވެސް އެކުއްޖާގެ ގާތުގައި ހުރިކަމަށް ކަލާފާން ސްކޫލުން ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ދަރިވަރުގެ ދެ އަތަށް ވެސް އެކި ވަރުގެ ޒަޚަމްތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށް ސްކޫލުން ބުނެފައިވެއެވެ. އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އަންނަ ހަފުތާގައި ދަރިވަރު ސްކޫލަށް ނިކުންނާނެ ކަމަށް ވެސް ކަލާފާނު ސްކޫލުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް