ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 08:14
އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އަބުދުﷲ ނަސީރު އިބްރާހިމް
އަދާލަތު ޕާޓީ
އިންތިހާބުގެ މަޝްވަރާއަށް ލަފާދޭން އަދާލަތުން ކޮމެޓީއެއް ހަދައިފި
ކޮމިޓީގައި ނުވަ މެންބަރުން ހިމެނޭ

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގުޅިފައިވާ ޕާޓީތަކުން ބާއްވާ މަޝްވަރާތަކަށް އަދާލަތު ޕާޓީގެ ފަރާތުން ލަފާ ދިނުމަށް ހާއްސަ ކޮމެޓީއެއް އުފައްދައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން އިއުލާން ކޮށްފައިވާ ގޮތުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭނީ ހުރިހާ ޕާޓީތައް ގުޅިގެންނެވެ. އެ އިންތިހާބުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "އަށާރަ/ނަވާރަ"ގެ ނަމުގައި ވަނީ ކޮމެޓީއެއް ހަދާފައެވެ.

އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "އަށާރަ/ނަވާރަ" ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް ޝަރީފަށް ލަފާ އެރުވުމަށްޓަކައި ނުވަ މެމްބަރުންގެ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ. އެ ކޮމެޓީ އުފެއްދެވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައެވެ.

ލަފާ އެރުވުމަށް އުފެއްދި ކޮމެޓީގެ ބޭފުޅުންގެ ނަންތަކެއް އަދާލަތަކުން އާންމެއް ނުކުރެއެވެ.

ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ "އަށާރަ/ނަވާރަ" ކޮމެޓީއަކީ އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ. އެ ކޮމެޓީގެ މުގައްރިރަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އެވެ. ނާއިބު މުގައްރިރަކީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒެވެ.

ދެން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ޔުމްނާ މައުމުނާއި އާމިނަތު ނާދިރާއެވެ. އަދާލަތުގެ ފަރާތުން އެ ކޮމެޓީގައި ތިއްބަވަނީ ޝިދާތާ ޝަރީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް