ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 06:11
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ
ޓްވިޓަރ
ސިޔާސީ ދައުވާ
ކައުންސިލަރު އަޒްރާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު
މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފަިއވަނީ ހެނދުނު 10:00 އަށް
އަޒްރާގެ މައްޗަށް ކުރަނީ ޤާނޫން ތަންފީޒްކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ. 

މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފަިއވަނީ ހެނދުނު 10:00 އަށެވެ.

އަޒްރާގެ މައްޗަށް ދައުލަތުން ދައުވާކުރަނީ، ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުންނެވެ. އެއީ، ޤާނޫން ތަންފީޒްކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ ކައުންސިލަރު އަޒްރާގެ މައްޗަށްކުރަނީ 27 ފެބްރުއަރީ 2018 ވަނަ ދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެނެވެ.

އަޒްރާގެ މައްޗަށް ޤާނޫން ތަންފީޒްކުރާ މުވައްޒިފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާކޮށް، ޝަރީއަތް މިއަދު ފަށާއިރު، އަޒްރާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. 

ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އަޒްރާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ މުޒާހަރާ ހުއްޓުވައި ޤާނޫނާ ޚިލާފަށް ފުލުހުން ހުރަސްއަޅާފައި ވާތީ އާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރެލްއަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ބެލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް