ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 06:19
ޔާމީންގެ ޝަރީއަތް ސިއްރުނުކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔާމީން ރަޝީދުގެ ބައްޕަ، ހުސެއިން ރަޝީދު
ޔާމީންގެ ޝަރީއަތް ސިއްރުނުކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔާމީން ރަޝީދުގެ ބައްޕަ، ހުސެއިން ރަޝީދު
މުހައްމަދު ޝަރުހާން
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދު މަރާލުމުގެ ފަހަތުގައި އިތުރު ބަޔަކު ތިބޭނެ: ބައްޕަ
ސަބަބެއް ކަމަށް ޔާމީން ރަޝީދުގެ ބައްޕަ ބުނީ ޔާމީނާއި އެއްވެސް އަދާވަތްތެރިކަމެއް ނެތް ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރެވުން
އެއްވެސް ކުށެއް ނެތް މީހަކަށް އަދަބު ލިބިގެން ދިޔުމަކީ އާއިލާއިން އެދޭ ކަމެއް ނޫން
މަރުގެ މައްސަލަތަކުގައި އެއްވެސް އާއިލޢަކަށް އިންސާފު ލިބިފައި އޮތްތަނެއް ފެންނާކަށް ނެތް

އަނިޔާވެރި ރަހުމު ކުޑަގޮތަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި އިތުރު ބަޔަކު ތުބޭނެކަމަށާއި، އެ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ގޮވާލައިފި އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހުސެއިން ރަޝީދު ބުނީ، އޭނާގެ ދަރިފުޅު މަރާލުމުގެ ފަހަތުގައި އެއްވެސް ބަޔަކު ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނި ނަމަވެސް އެ މަރުގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ގަބޫލުކުރާކަމަށެވެ. ސަބަބަކީ ޔާމީނާއި އެއްވެސް އަދާވަތްތެރިކަމެއް ނެތް ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުނުކުރެވުން ކަމަށް ހުސައިން ރަޝީދު ވިދާޅުވި އެވެ. 

"އެއްވެސް ދަންނަ ބޭކަލަކުވެސް އަދި އެއްވެސް އިލްމުވެރިޔަކުވެސް މި މީހުންނަށް (ހައްޔަރުކޮށްފައިވާ މީހުންނަށް) މިފަދަ ކަމަކަށް ހިތްވަރުދީ ނަސޭހަތްދީފައިނުވާކަމަށް ވެސް ޕޮލިހުން ވަރަށް ޔަޤީންކަމާއެކު އެބަ ބުނޭ. އެއީވެސް އަޅުގަނޑުގެ ހިތުގައި އިތުރަށް ޝައްކު އުފެދޭ ކަމެއް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީހަކު މެރުން ފަދަ ބޮޑު ކަމެއް އެއްވެސް ސަބަބަކާއި ނެތި އަށެއްކަ ނުވަވަރަކަށް މީހުން ކޮށްފާނެ ކަމަކަށް."

ޔާމީން ރަޝީދުގެ ބައްޕަ ބުނީ، ދަރިފުޅުގެ މަރުގެ މައްސަލަ ސިއްރުކުރަން ބޭނުން ނުވަނީ ގިނަ ސަބަބުތަކަކާއިހުރެ ކަމަށެވެ. އެގޮތުން ޔާމީން މަރާލުމުގައި އެއްވެސް ކުށެއް ނެތް މީހަކަށް އަދަބު ލިބިގެން ދިޔުމަކީ އާއިލާއިން އެދޭ ކަމެއް ނޫން ކަމަށާއި، މަރުގެ މައްސަލައަކަށް ވާއިރު ޤިސާސް ހިފަން އާއިލާގެ ބަހެއް އޮންނަންޖެހޭއިރު، އެކަންވެސް ކުރެވޭނީ ހާމަކޮށް، ޝަރީއަތް ކުރިއަށްގެންގޮސްގެންކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމަ ޕޮލިހުން އެ ހޯދާފައިވާ މީހުންނަކީ ރަނގަޅު މީހުންތޯ، މިކަމާއި ގުޅުންހުރި މީހުންތޯ އެއްވެސް ކަހަލަ ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރަންވެސް އަޅުގަނޑުމެން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ. 

ޔާމީން ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. ސ. ފޭދޫ، ޗަނބޭލީގެ އުމުރުން 29 އަހަރުގެ ޔާމީންގެ މަރުގެ މައްސަލައާ ގުޅިގެން އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގެ ހުރިހާ އަޑު ހެއުންތަކެއްވެސް ދަނީ ސިއްރުންނެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް