ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 18:43
ކުރީގެ ޕީޖީ މުހުތާޒް
ކުރީގެ ޕީޖީ މުހުތާޒް
މިހާރު
މުހުތާޒްގެ ބޭސްފަރުވާ
މުހުތާޒް ގަޔަށް ބާރުގަދަ އިންޖެކްޝަނެއް 3 ވަނަ ފަހަރަށް ޖަހަނީ!
ބާރުގަދަ އިންޖެކްޝަންތައް ޖަހަމުންދަނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ފަރުވާގެ ކަންތައް ކުރިއަށް ގެންދިޔުމަށް
އާއިލާގެ އެދުމަކީ މުހުތާޒުގެ ބޭސްފަރުވާގެ ކަންކަން ސިޔާސީ ނުކޮށް، އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ދިނުން
ޑޮކްޓަރު ދެއްވާ ލަފަޔަކާއި އެއްގޮތަށް މުހުތާޒާއިމެދު އަމަލުކޮށްދިނުމަށް އާއިލާއިން ވަނީ ގޮވާލާފައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ގަޔަށް ބާރުފަދަ 3 ވަނަ އިންޖެކްޝަނެއް ޖަހަން އުޅޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މުހުތާޒްގެ އާއިލާއިން ބުނީ މުހުތާޒަށް ދޭން ޖެހޭ ފަރުވާ ނުދީ، އަދި ޑޮކްޓަރުންގެ އެންގުންތަކަށް އަމަލުނުކޮށް، އޭނާގެ ގަޔަށް ބާރުގަދަ އިންޖެކްޝަންތައް ޖަހަމުން ދަނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ފަރުވާގެ ކަންތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އާއިލާއިން ވަނީ މުހުތާޒް ފިޒިއޮތެރަޕީ ހައްދަން ޑޮކްޓަރުން އެންގުމުން އެކަމަށް ވެސް ކަރެކްޝަނަލް ސަރވިސަސްއިން ފަރުވާކުޑަކޮށްފައި ވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މުހުތާޒްގެ އާއިލާއިން ބުނީ އާއިލާގެ އެދުމަކީ މުހުތާޒުގެ ބޭސްފަރުވާގެ ކަންކަން ސިޔާސީ ނުކޮށް، އޭނާއަށް އެކަށީގެންވާ ބޭސްފަރުވާ ދިނުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ނިއުރޯސާރޖަން ދެއްވި ލަފަޔާ އެއްގޮތަށް، ބޭސް ފަރުވާ ފޯރު ކޮށްދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވަން އެދޭ ކަމަށް އާއިލާއިން ބުނެއެވެ. އަދި ފަރުވާއަށް ފަހު، ޑޮކްޓަރު ދެއްވާ ލަފަޔަކާއި އެއްގޮތަށް މުހުތާޒާއިމެދު އަމަލުކޮށްދިނުމަށް އާއިލާއިން ވަނީ ގޮވާލާފައެވެ. 

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަމުން މުހުތާޒުގެ އާއިލާއިން ބުނީ އާއިލާގެ އެދުމަކީ މުހުތާޒް ނުކުޅެދޭ މީހަކަށް ހެދުމުގެ ކުރިން އޭނާ ސަލާމަތް ކުރުންކަމަށެވެ. އަދި މުހުތާޒްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ނާރުގެ މައްސަލައަކަށް މުހުތާޒް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ނާރުގެ 2 ޑޮކްޓަރުން ލަފާ ދެއްވުމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ކޮއްކޮ އެލަފާ ބަދަލުކޮށް، ރާއްޖެއިން ބޭރުން ބޭސްފަރުވާކުރަން ނުޖެހޭ ކަމަށް ލަފާ ދިނުމަކީ ކޮންފްލިކްޓް އޮފް އިންޓްރެސްޓްކަމަށް ބުނެ މުހުތާޒްގެ އަނބިކަނބަލުން ޝާދިޔާ އާދަމް ވަނީ އާދިއްތަ ދުވަހު ޓްވީޓްކުރައްވާފައެވެ. 

ޓެރަރިޒަމްގެ ކުށް ސާބިތުކަމަށް ކަނޑައަޅައި ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށް ލާފައިވަނީ ރައީސް ޔާމީން ހައްޔަރުކުރަން މާމިގިލީ ކޯޓުން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން އުޅުނު ކަމަށް ބުނެ، އެމައްސަލައިގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް