ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 09:31
ޑރ. ޝަހީމްއާއި އައިޔޫއެމްގެ އިސްވެރިން
ޑރ. ޝަހީމްއާއި އައިޔޫއެމްގެ އިސްވެރިން
ޓްވިޓަރ
ޑރ. ޝަހީމް
އައިޔޫއެމަށް ފަންޑް ހޯއްދަވަން ޗާންސެލަރ ޑރ. ޝަހީމް ސައުދީގައި!
މި ދަތުރުފުޅުގައި، ފަސް ޔުނިވާސިޓީ އަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވޭ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އައިޔޫއެމްއަށް ބޭނުންވާ އެހީތެރިކަމާއި ފަންޑް ހޯއްދެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އައިޔޫއެމްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީއަރަބިޔާއަށް ވަޑައިގެންފިއެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޝަހީމް ހޮނިހިރު ދުވަހު ހެނދުނު ފެއްޓެވި މި ދަތުރުފުޅުގައި ސައުދިިއަރަބިޔާގެ ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި އަދި ބައެއް މުއައްސަސާތަކުގެ ބޭފުޅުންނާއި ދަނީ ބައްދަލު ކުރައްވަމުންނެވެ.

އައިޔޫއެމް އިން ގެންދަނީ ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅި، އެހީތެރިކަން ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑރ. ޝަހީމް ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާގެ މުހިއްމު ބޮޑެތި ޔުނިވާސިޓީ ތަކަށް ޒިޔާރަތް ކުރުމަށް ލިބުނު ޚާއްސަ ފުރުސަތެއްގައި އައިޔޫއެމްގެ ފަރާތުން ހޮނިހިރު ދުވަހު ރިޔާދަށް ވަޑައިގެންފައިވާ ކަމަށެެވެ.

މި ދަތުރުފުޅުގައި، ފަސް ޔުނިވާސިޓީ އަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގެ ސަބަބުން އައިޔޫއެމްއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މަދީނާ ޔުނިވަރސިޓީ އާއިއެކު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި އައިޔޫއެމް އިން ވަނީ ދާދިފަހުން ސޮއި ކޮށްފައެވެ. އަދި މީގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ޔުނިވަރސިޓީތަކާއިއެކު އައިޔޫއެމް އިން މިހާރު ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް