ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 22:39
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ވައްކަމާ ކޮރަޕްޝަނަށް ދިވެހިން ފާޅުގައި ނޫނަކޭ ބުނަން ޖެހޭ: ހުސެއިން މުހައްމަދު
އއ ރަސްދޫ ޖަލްސާއަކީ އެ އަތޮޅުގައި ކެމްޕޭން ހަރަކާއްތަކުގެ ފެށުން
އިސްލާހީ މަސަައްކަތާ ގުޅުނީ ވައްކަމާއި ކޮރަޕްޝަނަން ނޫނަކޭ ބުނަން ވެގެން
ސިޔާސީ ލީޑަރުން ޖަލުގައި ތިއްބަވަން ޖެހެނީ ވައްކަމާއި ކޮރަޕްޝަނަށް ފާޅުގައި ނޫނެކޭ ބުނުމުން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާ ކޮރަޕްޝަނާއި، ކުރާ ވައްކަމަށް ދިވެހިން ފާޅުގައި ނޫނެކޭ ބުނަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. ރަސްދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން މުހައްމަދު ވިދާޅުވީ ރަސްދޫގައި މި ބޭއްވި ޖަލްސާއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓް އިންތިހާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް އެ އަތޮޅުގައި ފެށުން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިއަށްވުރެ ފޯރީގައި ހަރަކާތްތައް ވަރުގަދަ އަށް ރައްޔިތުން ކުރިއަށް ގެންގޮސް ވައްކަމާއި ކޮރަޕްޝަނަން ފާޅުގައި ނޫނަކޭ ބުނާނެ ކަމަށް ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން މުހައްމަދު ވިދާޅުވީ އިސްލާހީ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމުން ގިނަ ރައްޔިތުން ހިތުގައި ސުވާލު އުފެއްދި ކަމަށެވެ. އެބަދަލު ގެންނަވަން ޖެހުނީ ވައްކަމާއި ކޮރަޕްޝަނަން ނޫނަކޭ ބުނަން ވެގެން ކަމަށް ހުސެއިން މުހައްމަދު ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަނަށް އާނއެކޭ ބުނެލައިގެން އޭނާއަށް ނުހުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުންނަށް ޖަލު ހުކުމް ކޮށްފައިވާކަން ފާހަގަކުރައްވަމުން ހުސެއިން މުހައްމަދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުންނަވާތާ މިއަދަށް 80 ދުވަސް ވެއްޖެ ކަމަށެވެ. މިއަދު ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ އެތައް ބަޔަކު އެބަ ތިބި ކަމާއި، އެމީހުންގެ ކުށަކީ ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނުން ކަމަށް ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް