ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 16:36
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް
ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް
ޓްވިޓަރ
އަހުމަދު މަހުލޫފު
އެކަހެރި ބައްދަލުވުން ނުދިނުމަކީ އިންސާނިއްޔަތުކަން ކުޑަ އަމަލެއް: މަހުލޫފް
ކުއްލި ނުރައްކަލުގެ ހާލަތުގެ ފަހުން ސިޔާސީ ހައްޔަރީންނަން އެކަހެރި ބައްދަލުވުން ކެންސަލް ކުރޭ
ސިޔާސީ އެދުމުގައި އާއިލާތަކަށް އަނިޔާ ދިނުން ހުއްޓާލަން ޖެހޭ
ކަރެލްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އާއިލީ ބައްދަލުވުން ލިބޭނީ މަހަކު އެއް ފަހަރު

ސިޔާސީ ހައްޔަރީންނަން އެކަހެރި ބައްދަލުވުން ނުދިނުމަކީ އިންސާނިއްޔަތުކަން ކުޑަ އަމަލެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި ބަންދުކޮށްފަ ތިބޭ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ހައްގަކީ އެކަހެރި ބައްދަލުވުން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު ސިޔާސީ ހައްޔަރީންނަން އެކަހެރި ބައްދަލުވުން ނުދިނުމަކީ ދީނީގޮތުން ވެސް އިންސާނިއްޔަތުކަން ކުޑަ އަމަލެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ އެދުމުގައި އާއިލާތަކަށް ދޭ އެފަދަ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ އެއްވެސް ފަރާތަކަށް މި ދުވަސްކޮޅު އެކަހެރި ބައްދަލުވުން ނުދެއެވެ. އެގޮތުން އެކަހެރި ބައްދަލުވުން ދިނުމަށް ހާއްސަކުރެވިފައިވާ ކޮޓަރި ވެސް މިހާރު ބޭނުންކުރަމުން ދަނީ ހައްޔަރުގައި މީހުން ބޭތިއްބުމަށް ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ހައްޔަރު ކޮށްފައިތިބި މީހުންގެ ތެރެއިން މޯލްޑިވްސް ކަރެލްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އާއިލީ ބައްދަލުވުން ލިބޭނީ މަހަކު އެއް ފަހަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. ސިޔާސީ ބައެއް ބޭފުޅުންނާއި ބައެއް ފަނޑިޔާރުންނާއި ވިޔަފާރި ވެރިންވެސް ހައްޔަރުކޮށްފައިވާއިރު އާއިލީ ބައްދަލުވުންތައް ލިބޭނީ މަހަކު އެއްފަހަރުކަމަށް އެބޭފުޅުންގެ އާއިލާތަކަށް ވެސް ވަނީ އަންގާފައެވެ. އެހެންނަމަވެސް މަހަކު އެއްފަހަރު ލިބޭ އާއިލީ ބައްދަލުވުން ކެންސަލް ވަތީ ހައްޔަރުކޮށްފައި ތިބޭ ފަރާތްތަކުގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް