ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 09:14
ގުޅިފަިއވާ ޕާޓީތަކުގެ ޖަލްސާއެއްގެ ތެރެއިން
ގުޅިފަިއވާ ޕާޓީތަކުގެ ޖަލްސާއެއްގެ ތެރެއިން
އަޒުމޫން އަހުމަދު
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުން ރަސްދޫގައި ބޮޑު ޖަލްސާއެއް މިރޭ
ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު ރަސްދޫ ބަނދަރު ސަރަހައްދުގައި

ގުޅިފައިވާ ޕާޓީތަކުން އއ. ރަސްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްދޫ ބަނދަރު ސަރަހައްދުގައި ހުކުރު ދުވަހުގެރޭ 9 ޖަހާއިރުއެވެ.

މި ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާއި އެޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ގުޅިފައިވާ ޕާޓީތަކުން ހަފްތާ ބަންދާ ދިމާކޮށް އަތޮޅު ތެރޭގެ ރަށްރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ޖަލްސާއެކެވެ.

މިޖަލްސާގެ ލައިވް ކަވަރޭޖް ރާއްޖެ ޓީވީ އާއި ރާއްޖެ އެމްވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް