ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 08:09
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން
ޓްވިޓަރ
ޕީޕީއެމް އިހަވަންދޫ ޖަލްސާ
ދެ ދައުރަށް ވުރެ ވެސް އިތުރަށް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓާނަން: ނިހާން
ނިހާން ވިދާޅުވީ ދެން ރާއްޖޭގެ ތަރައްޤީ މިނާނެ މިންގަނޑަކަށް ވެގެން ދާނީ "ޔާނު ސްޕީޑް" ކަމަށް

މިހާރު ބޭނުމީ ދެ ދައުރަށް ފަހު ވެސް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޤާނޫނު އަސާސީގައި އެކަކަށް ރައީސްކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އޮތް ނަމަވެސް އޭގެ ފަހުން ވެސް ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓޭނެ ގޮތެއް ހޯދުމުގެ ވިސްނުން ކޮންމެ ރެއަކާއި ކޮންމެ ދުވަހަކު ވެސް ބޮލުގައި ހުންނަ ކަމުގައެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ވިސްނަން މިކަމާ މެދު. އިރާދަ ކުރެއްވިއްޔާ އެކަން ވާނެ މަގެއް ފެންނާނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ދެން ރާއްޖޭގެ ތަރައްޤީ މިނާނެ މިންގަނޑަކަށް ވެގެން ދާނީ "ޔާނު ސްޕީޑް" ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރާއި ރައީސް ނަޝީދުގެ ސަރުކާރުގެ ތަފާތު ބަޔާން ކޮށްދެއްވުމަށް ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އިހަވަންދޫގައި އެކަނި ވެސް 14 މަޝްރޫޢު ހިންގަވައިފި ކަމަށާއި ނަމަވެސް އޭގެ ކުރީ ސަރުކާރަށް އިހަވަންދޫގައި ހިންގުނީ އެންމެ ތިން މަޝްރޫޢު ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނިހާން ވިދާޅުވީ، އެންމެ ލެޕްޓޮޕަކާއި ރިސޯޓަކުން ގައުމު ހިންގަވާނެ ކަމަށް ވިދާޅުވުމަށް ފަހު، ވެރިކަން ލިބިވަޑައިގަތުމުން އިންނެވީ "މައިން މަގަށް ލައްގަޅޭ، ރަންފޮއްޓެއް ލައްގަޅޭ،" ވިދާޅުވާން ކަމަށެވެ. ބޭރު ގައުމަކުން އެހީ ހޯދައިގެން ރާއްޖެ ތަރައްގީކުރެއްވުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

ހަތަރު އަހަރު ތެރޭގައި އިހަވަންދޫގައި އެކަނި ވެސް ސާދަ މަޝްރޫއެއް ހިންގާފައިވާކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ މިސަރުކާރަކީ ތަރައްގީ ގެނެސްދޭނެ ސަރުކާރެއް ކަމަށާއި އެކަމަށްޓަކައި ދެ ދައުރަށް ފަހު ވެސް ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓޭނެ ގޮތްތަކެއް ފެންނާނެ ކަމުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޭޕްރިލް 2018 | ހުކުރު 08:13
އުމުރަށް ބަހަޓަންފެންނަނީ
އުމުރަށް ބަހަޓަންފެންނަނީ، ހޭހުސްވެފަތަ