މި ވަގުތަކީ މެދު ކެނޑުމެއް ނެތި 24 ގަޑީއިރު އިޙްތިޖާޖްކޮށް މަދަނީ ބަސްނޭހުމަކަށް ރައްޔިތުން ގޮސްގެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހޭ ވަގުތު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ޔާމީނާއި ވެރިކަން ހަވާލުކުރީ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށް ވެރިކަން ކުރަން ވައުދުވުމުން ކަމަށެވެ. އަދި މިއަދު ރައީސް ޔާމީން ގާނޫނީ އިމުން ބޭރުން ވެރިކަން ކުރަން ފެށުމުން، ގާނޫނު އަސާސީން ލާޒިމްކޮށް ބާރުދެވިފައިވާ އަނެން ދެ ބާރުން ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރި މަސައްކަތް ފުނޑާލާ އެ ދެ ބާރު ގާނޫނާއި، ހިލާފަށް ސިފައިންގެ މަދު ބައެއްގެ އެހީގައި ނެތިކޮށްލާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
Rayyithun YAGah verikan havālkury QA ā eggothah verikan kuran vaudhuvumun. QA ge imun beyrun verikan kuran feshumun QA lazimkoh baaru dhēfaivā aneh 2 bārun QA ge imuge therah Y vehdhumah kuri masaikaiy fundālafa e 2 bāru QA ā khilāfah sifainge madhu baegge ehyga nethikohlaifi.1/2
— Ameen Ibrahim (@ameenmaldives) April 25, 2018
މިހާލަތުގައި ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވެއްދޭނީ، ރައްޔިތުން ނުކުމެ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން މިއީ 24 ގަޑީއިރު އިޙްތިޖާޖްކޮށް ބަސްނޭހުމަށް ގޮސްގެން ނަމަވެސް ގާނޫނީ އިމުގެ ތެރެއަށް ރައީސް ޔާމީން ވައްދަން ޖެހޭ ވަގުތު ކަމަށް އަމީން ވިދާޅުވިއެވެ.
Mi hālathuga QAge imuge thereah Y vehdheyny Y ā verikan havālukuri dhaulathuge verin kamugaivā Rayyithunah. Miee 24 gadi iru ihuthijājukoh basneyhumakah gosgen namaves QAge imah Y vahdhan jehey vaguthu. Candidatahvure qaumahtakai iskuran jeheny YAG kibain gaumu salāmaiykurun.2/2
— Ameen Ibrahim (@ameenmaldives) April 25, 2018
މީގެ އިތުރުން އަމީން ވިދާޅުވީ ކެނޑިޑޭޓަކަށް ވުރެ ގައުމު އިސްކުރަން ޖެހެނީ ރައީސް ޔާމީންގެ ކިބައިން ގައުމު ސަލާމަށް ކުރުމަށްކަމަށެވެ.