ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 14:38
ރައީސް އިބްރާހިމް ނާސިރާއި އަނބިކަނބަލުން މަރިޔަމް ސައީދު ދީދީ
ރައީސް އިބްރާހިމް ނާސިރާއި އަނބިކަނބަލުން މަރިޔަމް ސައީދު ދީދީ
ދިވެހި ޑައިޖެސްޓް
މަރިޔަމް ސައީދު އަވަހާރަވުން
ރައީސް ނާސިރުގެ އަނބިކަނބަލުން މަރިޔަމް ސައީދު އަވަހާރަވެއްޖެ
އަވަހާރަވިއިރު އުމުރުފުޅުން 86 އަހަރުފުޅު
އަވަހާރަވީ ސްރީލަންކާގައި
ރައީސް ނާސިރާއި، މަރިޔަމް ސައީދަށް ވަނީ ދެ ބޭފުޅަކު ލިބިވަޑައިގެންފަ

ކުރީގެ ރައީސް، ސުމުއްވުލް އަމީރު އަލްމަރްހޫމް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ކުރީގެ އަނބިކަނބަލުން މ. ބަގީޗާގޭ މަރިޔަމް ސައީދު ދީދީ އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅުން 87 އަހަރުފުޅެވެ.

އެކަމަނާ އަވަހާރަވިކަން އެކަމަނާގެ އާއިލާއިން ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

އާއިލާއިން މަޢުލޫމާތު ދިން ގޮތުގައި އެކަމަނާ އަވަހާރަވީ އަވަށްޓެރި ސްރީލަންކާގައެވެ. އަވަހާރަވުމުގެ ދޮޅު މަހެއްހާދުވަސް ކުރިން އެކަމަނާއަށް ސްޓްރޯކެއް ޖެހުނު ކަމަށާއި، އަވަހާރަވީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްޙީ ހާލުކޮޅު ދެރަވުމުގެ ސަބަބުން ކަމަށްވެސް އާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.

މަރިޔަމް ސައީދަކީ ރައީސް އިބްރާހިމް ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ. ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ އަލްމަރުހޫމް އަލީ ނާސިރާއި އަލްމަރުހޫމް މުޙައްމަދު ނާސިރެވެ.

މަރިޔަމް ސައީދު ދީދީގެ ބައްޕާފުޅަކީ އައްޝައިހް ހުސައިން ސަލާހުއްދީނެވެ. މަންމާފުޅަކީ މެދުގަނޑުވަރު ތުއްތު ގޮމާއެވެ. އާއިލާގައި އެއްބަނޑު އެއްބަފާ ބޭފުޅުންގެ ގޮތުގައި ދެން ތިއްބެވީ ބޭބޭފުޅު އިބްރާހިމް ޝިހާބާއި އަދުނާން ހުސައިންގެ އިތުރުން ދައްތާފުޅު ފާތިމަތު ސައީދެވެ. އެއްބަފާ އިތުރު 4 ބޭފުޅުން ތިއްބެވެ. އެއީ ހައްވާ ސައީދާއި، ޚަދީޖާ ސައީދާއި، އައިޝަތު ސައީދާއި މުޙައްމަދު ސައީދެވެ.

މަރިޔަމް ސައީދަކީ އަދަބީ ރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެކެވެ. އެގޮތުން ޚާއްސަކޮށް ޅެންވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވައި، ރީތި ދިވެހި ގިނަ ޅެންތަކެއް ހެއްދެވިއެވެ. މީގެ އިތުރުން އޭރުގެ މާފަންނު މަދަރުސާ ކަމަށްވާ މަދަރަސުލް ސަލާހިއްޔާގެ މުދައްރިސްކަންވެސް ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް