ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 02:44
ހުސައިން ޝަމީމް: ފަނޑިޔާރުން ހައްޔަރު ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވޭ
ހުސައިން ޝަމީމް: ފަނޑިޔާރުން ހައްޔަރު ކުރީ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވޭ
މުހައްމަދު ޝަރުހާން
ގާނޫނީ ވަކީލު ޝަމީމު
ރައީސް ޔާމީނަށް އެވިދާޅުވެވެނީ ފަނޑިޔާރުން ހައްޔަރުކުރީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް: ޝަމީމް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ފަނޑިޔާރުން ހައްޔަރު ކުރަން
ފެށުން ގޯހިއްޔާ އޭގެ ފަހަތައް ތަރައްތުބުވާ ކަންކަން ބާތިލްވާނެ

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރީ އެފަދަ ހާލަތެއް އޮވެގެން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވާއިރު އެވިދާޅުވެވެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށްފައި ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހުނީ ގާނޫނުތަކުން އަމިއްލަޔަށް ދަތިއެޅުވޭތީ، އެ ދަތިތައް ފިލުވުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށެވެ.

"ރަށްވެހި ތަރައްޤީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި ފޮތް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އެހެން ގައުމުތަކަށް އަންނަ އެފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ. ރާއްޖޭގައި އެ ހާލަތު އިއުލާން ކުރަން ޖެހުނީ ޤާނޫންތަކުން އަމިއްލައަށް ދަތިއެޅުވޭތީ އެދަތިތައް ފިލުވުމަށް ކަމަށެވެ. 

ރައީސް ޔާމީން އެހެން ވިދާޅުވެފައިވަނިކޮށް ގުޅިފައިވާ ޕާޓީތަކުން މ ކުނޫޒްގައި ބޭއްވި "ދެފަނޑިޔާރުން ހުރަގޭގައި: ޕެނަލް ޑިސްކަޝަން"ގައި ވާހަކަ ދައްކަވަމުން ޤާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ ފަނޑިޔާރުން ހައްޔަރުކުރަން ޖެހޭގޮތް ޤާނޫނުގައި އޮންނަ ކަމަށާއި ފަނޑިޔާރުން ހައްޔަރު ކުރީ ޤާނޫނުގައި އޮންނަ ގޮތަކަށް ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ ޤާނޫނުން ފަނޑިޔާރުން ހައްޔަރުކުރެވެން ނެތިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ފަނޑިޔާރުން ހައްޔަރު ކުރަން ކަމަށެވެ.

"ޔާމިން އެވިދާޅުވަނީ ކަމެއް ދިމާވެގެނެއް ނޫނޭ ފަނޑިޔާރުން ހައްޔަރު ކުރަންށޭ. އެހެނެއް އެކަމެއް ނުކުރެވޭނެ. ފަނޑިޔާރުން ހައްޔަރުކޮށްފައި އެވަނީ ޤާނޫނާ ޚިލާފަށް" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޤާނޫނާ ޚިލާފަށް ފަނޑިޔާރުން ހައްޔަރު ކުރުމުން އެފަނޑިޔާރުން ހައްޔަރުކުރުމާއި ހިސާބުން ފެށިގެން ފަނޑިޔާރުން ބަންދުކުރުމާ ހަމައަށްވެސް އަދި އެކަމުގައި ހިނގާ ހުރިހާ ކަމެއްވެސް ހިނގަމުންދަނީ ގޯސްކޮށް ކަމަށެވެ.

"ފެށުން ގޯސް. ފެށުން ގޯހިއްޔާ އޭގެ ފަހަތައް ތަރައްތުބުވާ ކަންކަން ބާތިލްވާނެ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަންދުކޮށް އެފަނޑިޔާރުން ބަންދުގައި ބަހައްޓަން މުއްދަތު ޖަހަން އެކޯޓަށްވުރެ ދަށު ކޯޓަކަށް ހާޒިރެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ބަންދުކޮށްފައި އެބަހައްޓަނީވެސް ޤާނޫނާ ޚިލާފަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން ޝަމީމް ވިދާޅުވީ މާމިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ޤާޒީ ނިހާން ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު ޖަހާފައިވަނީ ހައިކޯޓުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
26 އޭޕްރިލް 2018 | ބުރާސްފަތި 04:00
ހުސޭނު
މީހަކު ވިދާޅުވާކަށް ނުޖެހޭ. މަރު ގައިމިއްޔާ އަންދާ ގާނޫނުކަން އެނގޭ
26 އޭޕްރިލް 2018 | ބުރާސްފަތި 02:01
ހ މ ޒ
އެކެއް ފެބްރުއަރީގެ ބަޣާވަތް ނާކާމިޔާބުވީ ސިފައިންގެ އިހްލާސްތެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއި އެކު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން!