މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ ކ. އޮޅުހަލީގައި ތަރައްޤީކުރަމުންދާ ރިސޯޓަކުން މޫދަށް ފޭބި ބިދޭސީއަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާރޑުން ކުރަމުން އަންނަ ކަމަށެވެ.
އެ ބިދޭސީ މީހާ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓަގާރޑަށް ލިބިފައި ވަނީ މިރޭ 20:25 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.