ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 21:13
ހުޅުމާލެ ފަތާ ސަރަހައްދު: މިރޭ ވަނީ މީހަކު ގެނބިގެން މަރުވެފައި
ހުޅުމާލެ ފަތާ ސަރަހައްދު: މިރޭ ވަނީ މީހަކު ގެނބިގެން މަރުވެފައި
އަހުމަދު މުހުސިނު
މީހަކު ގެނބިގެން މަރުވުން
ހުޅުމާލޭގައި ގެނބިގެން ޒުވާނަކު މަރުވެއްޖެ
މަރުވީ ދ. މީދޫ، ބީޗްހައުސް، އުމުރުން 21 އަހަރުގެ ހުސައިން ރިޔާދު
ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި

ހުޅުމާލޭ ފަތާ ޓްރެކްގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ބުދަދުވަހުގެ އިރުއޮއްސި 6:18 ގައި ކަމަށެވެ. އަދި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވައި ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ މަރުވެފައި ވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާގައި މަރުވީ ދ. މީދޫ، ބީޗްހައުސް، އުމުރުން 21 އަހަރުގެ ހުސައިން ރިޔާދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް